ރޭޕް ކުރިކަމަށް ބުނާ އަންހެން ކުއްޖާ އެކަމަށް އިންކާރު ކުރާ ވީޑިއޯއެއް!

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލާގައި ހިމެނޭ އަންހެން ކުއްޖާ އެކަމަށް އިންކާރުކުރާ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

އެ ވީޑިއޯއިން ފެނިގެން ދަނީ ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނާ އަންހެން މީހާ އެވެ. އޭނާ ދުންފަތުގެ އިސްތިއުމާލު ކުރާތަން އެ ވީޑިއޯއިން ފެނިގެންދާއިރު، އެ ވީޑިއޯއިން ފުރަތަމަ އަޑުއިވިގެން ދަނީ އެ ހާދިސާ ހިނގި ގޮތް ކިޔަދިނުމަށް މީހަކު ބުނާ އަޑެވެ.

އެގޮތުން އޭނާ ކުރި މެސެޖެއް، "ވިޝަންޓޭއަށް" ގެޓްވީ ނުބައި ކޮށް ކަމަށް ބުނެފައި ވެއެވެ.

"ރޭޕް ކުރާ ކަށް ނޫން އުޅުނީ، އަހަރެން އަދިވެސް ނުދެވޭ ފުލުހުންނަށް ބަޔާނެއް". އެ ވީޑިއޯގައި އޭނާ ބުނެފައި ވެއެވެ.

އެ އަންހެން މީހާ ރޭޕް ކުރި ކަމަށް ބުނެފައި ވަނީ ލެމަން ގްރާސް ރެސްޓޯރެންޓް ހުންނަ މަގުގައި، ހުންނަ ހިމަ ގޯޅިގަނޑަކަށް ވައްދައިގެންނެވެ.

ދިޔަ ހުކުރު ދުވަހުގެ ރޭ 8:20 ހާއިރު ލެމަން ގްރާސް ރެސްޓޯރެންޓް ހުންނަ މަގުގައި ހިނގައިދިޔަ އެ ހާދިސާގެ ވީޑިއޯއިން ފެނިގެން ދަނީ ފިރިހެނަކު އެ އަންހެން މީހާ އަތުގައި ހިފާ ދަމާފައި ގެންދަން މަސައްކަތް ކުރާ މަންޒަރެވެ. އެ ވަގުތު އެ އަންހެން މީހާ ގަދަ ދައްކަމުން ދެއެވެ. އެވަގުތު އަންހެން މީހާ ބިންމައްޗަށް ވެއްޓުމުން ދެމީހަކު ވެގެން ގަދަބާރުން އަންހެން މީހާ ގޯޅިގަނޑެއްގެ ތެރެއަށް ވެއްދިއެވެ. އެކަކު ހިފަނީ އަންހެން މީހާގެ ފައިގައެވެ. އަނެކަކު ކޮނޑުގައެވެ.

މި މައްސަލާގައި ހިމެނޭ އަންހެން މީހާ އާއި އެ މައްސަލާގައި ހައްޔަރު ކުރި ދެ ފިރިހެނުންގެ ތެރެއިން އެކަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހުން ކަމަށް ވެއެވެ. އެ މައްސަލާގައި އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނެެކެވެ. މި ދެ މީހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރު ކޮށްފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް