logoEN
Sto top
ފަރެސްމާތޮޑާ އިންޖީނުގެ އެޅުމަށް ބޭނުންވާ ސާމާނު ހޯދަން އަލުން އިއުލާންކޮށްފި

ފަރެސްމާތޮޑާ އިންޖީނުގެ އެޅުމަށް ބޭނުންވާ ސާމާނު ހޯދަން އަލުން އިއުލާންކޮށްފި

# ގދ.ފަރެސްމާތޮޑާ# ފެނަކަ ކޯޕޮރޭޝަން

Faresmaathoda

ގދ. ފަރެސްމާތޮޑާގައި އަލަށް އެޅުމަށް ނިންމާފައިވާ އިންޖީނުގޭގެ އައު އިމާރާތް އެޅުމަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިއުލާންކޮށްފިއެވެ.

Wamco

މިއީ އެމަަސައްކަތް ކޮށްދޭން ފަރާތެއް ހޯދަން އިއުލާންކުރި ދެވަނަ ފަހަރެވެ. ފެނަކަ ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ, ކުރިން ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުގެ ސަބަބުން އެ އިއުލާން ބާތިލްކޮށް އަލުން އެކަމަށް ހުޅުވާލާ ކަމަށެވެ.

އެކުންފުނިން ކުރިން ކުރި އިއުލާނުގައި ބިޑްގައި ބައިވެރިވުމަށް ހުޅުވާލީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މިފަހަރުގެ އިއުލާނުގައިވާ ގޮތުން ބިޑްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 25 އޭޕްރީލްއިން ފެށިގެން 27 އޭޕްރީލްގެ ނިޔަލަށެވެ.

މި ބިޑްގައި ރަޖިސްޓްރީވުމަށްފަހު މައުލޫމާތު ސާފު ކުރެވޭނެ އެންމެ ފަހު ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 29 އޭޕްރީލް އެވެ. މައުލޫމާތު ސާފު ކުރުމަށް ހުޅުވާލާފައިވަނީ އީމެއިލްގެ ޒަރީއާއިންނެވެ. ބިޑް ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 3 ވަނަ ދުވަހުގެ ހެނދުނު 11:00 ގައެވެ.

މި މަސައްކަތުގެ ބިޑްގައި ރަޖިސްޓްރީ ވުމާއި ބިޑް ހުށަހެޅުން އޮންނާނީ ފެނަކަ ކޯޕޮރޭޝަންގެ ހެޑް އޮފީސް, މާލެ, ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާގައެވެ.

އިއުލާނުގައި އިތުރަށް ބުނެފައިވަނީ ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި އެ އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށެވެ. އެ އިއުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް [email protected] އީމެއިލް އެޑްރެހަށް މެއިލް ކުރުމަށް ފެނަކައިން ވަނީ އެދިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside