logoEN
cocacola
ޕޮލިސް ބޯޑުގެ ރައީސްގެ މަޤާމް ފާއިޒަށް, ނައިބުގެ މަޤާމް ފަޔާޒަށް!

ޕޮލިސް ބޯޑުގެ ރައީސްގެ މަޤާމް ފާއިޒަށް, ނައިބުގެ މަޤާމް ފަޔާޒަށް!

# ފުލުހުންގެ ބޯޑު# ދިވެހި ފުލުހުން

09c86b78-d7f4-48df-aa45-43430fa491a5

ޕޮލިސް ބޯޑުގެ ފުރަތަމަ ރައީސްގެ މަޤާމް އަލީ ފާއިޒަށް ލިބި, ނައިބް ރައީސްގެ މަޤާމަށް އަހުމަދު ފަޔާޒް ހަމަޖައްސައިފިއެވެ.

ގޮސިޔާ

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ، ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް އެންމެ ފައިދާ ހުރި މަގަމަށް ބައްޓަން ކުރުމަށްޓަަކައި ޕޮލިސް ބޯޑުގެ ދައުރު ވަރަށް މުހިންމު ކަމަށެވެ.

"މިއަދު އިންތިހާބުވި ރިޔާސަތާއެކު އެ މަގަަށް މިސްރާބު ހިފާނެ ކަމަށް ޔަގީން ކުރަން". އިމްރާންގެ ޓްވީޓްގައި ވެއެވެ.

ފުލުހުންގެ ބޯޑަކީ ފުލުހުންގެ ސިޔާސަތުތައް ކަނޑައެޅުމުގައި ވަޒީރަށް ލަފާ ދޭ އެންމެ އިސް ފަރާތެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ޕޮލިސް ބޯޑް އެކުލަވާލެއްވީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.

ޕޮލިސް ބޯޑް އެކުލެވިފައި އޮންނަނީ ހަތް މެންބަރުންގެ މައްޗަށެވެ. ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ދެ މީހުންނެވެ.

ބޯޑުގައި ހިމެނިވަޑައިގަންނަވާ މެމްބަރުން:

އަޙްމަދު ފަޔާޟް ޙަސަން، މ.ހަޒާރީވިލާ

ޢާއިޝަތު ނޫރާ މުޙައްމަދު، ހ.ނޫމުތީ

ޢަލީ ފާއިޒު، މއ.މަނާގެ

އަޙްމަދު ނާޝިދު، މއ.ގޯލްޑަންމޫން

އާދަމް އިބްރާހީމް، ގ.ޑިމްލައިޓް

ޙާމިދު ޢަބްދުލްޣަފޫރު، ހ.ޝޭޑީކޯނަރ

އަލްއުސްތާޛާ ޞަފާ ޝަރީފް، ދެތަޑިމާގެ / ސ.ހުޅުދޫ

ފުލުހުންގެ ބޯޑުގެ މަސައްކަތްތަކުގެ ތެރޭގައި ފުލުހުންނާމެދު ތައުދީބީ ފިޔަވަޅު އެޅުމަށް ޤާއިމުކޮށްފައިވާ ނިޒާމުގެ ދަށުން ޑިސިޕްލިނަރީ ބޯޑުން ފުލުހުންނާމެދު ފިޔަވަޅު އެޅުމަށް ކަނޑައެޅިފައިވާ އުސޫލުތަކަކީ، ހާމަކަންބޮޑު، އަދި ފުލުހުންނަށް ލިބިފައިވާ ބާރު ނަހަމަގޮތުގައި ބޭނުންކުރިޔަ ނުދިނުމަށާއި، ފުލުހުންގެ ވާޖިބަށް އެމީހުން އިހުމާލުވިޔަ ނުދިނުމަށް ބައްޓަންކުރެވިފައިވާ އުސޫލުތަކެ އްކަން ކަށަވަރުކުރުމާއި، އެ އުސޫލުތައް ގަވާއިދުން މުރާޖަޢާކޮށް، އެ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލާމެދު ލަފާ ދިނުން ހިމެނެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އެއިރަކަށް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރެވެމުންދާ މިންވަރު ބަލައި، ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ބޯޑަށް ފެންނަ ލަފާދިނުމާއި ކޮމިޝަނަރ އަދި ޑެޕިއުޓީ ކޮމިޝަނަރ ކަމަށް ކުރިމަތިލާ ފަރާތްތަކާއި އެބޭފުޅުން މަގާމުން ވަކިކުރުމާއި ގުޅޭގޮތުން ޕޮލިސް ބޯޑުން ކުރުމަށް ޤާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ކުރުމަކީ ވެސް ބޯޑުގެ މަސްއޫލިއްޔަތެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ