logoEN
cocacola
ފުލުހުންގެ ތިން އޮފިސަރަކު ވަޒީފާއިން ވަކި ނުކުރަން ހައިކޯޓުން އަމުރުކޮށްފި

ފުލުހުންގެ ތިން އޮފިސަރަކު ވަޒީފާއިން ވަކި ނުކުރަން ހައިކޯޓުން އަމުރުކޮށްފި

އަޙްމަދު ޖަމީލު

logo

10/19/2021, 7:34:33 PM

# ފުލުހުންގެ ބޯޑު# ހައި ކޯޓު

l_2621458

އޮފިސަރުންތަކެއް ވަޒީފާ އިން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމާފައިވަނިކޮށް އޭގެ ތެރެއިން ތިން އޮފިސަރަކު ވަޒީފާއިން ވަކިނުކުރުމަށް ހައި ކޯޓުން އަމުރުކޮށްފިއެވެ.

ގޮސިޔާ

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ސިވިލް ކޯޓަށް މީގެ ކުރިން ހުށަހަޅާފައިވާ އޮފިސަރުންގެ ތެރޭގައި ހިމެނެނީ އެސިސްޓަންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ، އެސިސްޓަންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު، އެސިސްޓަންޓް ކޮމިޝަަރު އަހުމަދު މުހައްމަދު (ޓޫފޯ)، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް، ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދުގެ އިތުރުން ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމެވެ.

އޭގެ ތެރެއިން މިއަދު ވަޒީފާއިން ވަކި ނުކުރުމަށް ހައިކޯޓުން އަމުރު ކޮށްފައިވަނީ ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް އާދަމާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފުގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދެވެ.

އޮފިސަރުންގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅީ ފުލުހުންގެ މުއައްސަސާގައި ހިދުމަތްކުރުމުގައި ދިގު މާޒީއެއް އޮތް އެ އޮފިސަރުން ވަކިކުރަން ނިންމުމުގައި ބޭއިންސާފު ކަންކަން ހިނގާފައިވާ ކަމަށް ތުހުމަތުކޮށެވެ. ދިފާއުގައި ބަސްބުނުމަށާއި ޖަވާބުދާރީވާން ފުރުސަތު ނުދީ ކަންކޮށްފައިވާ ގޮތުން އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ވެސް އޮފިސަރުން ވިދާޅުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ