logoEN
ކޮކާކޯލާ
އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ވިޔަސް އަލީގެ މައްސަލަ ކުރިއަށް ގެންދާނަން - ޕީޖީ

އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ވިޔަސް އަލީގެ މައްސަލަ ކުރިއަށް ގެންދާނަން - ޕީޖީ

# ޖިންސީ ކުށް# އަލީ ވަހީދު

560b962b-1182-4a32-a807-44e5be5de0c2-600x400-1

ޖިންސީ ކުށުގެ ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ، އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ވިޔަސް، ކުރިއަށް ގެންދަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އަބުޅޯ

އެ މައްސަލައާ ގުޅޭ ގޮތުން ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ޕީޖީ ޝަމީމް ރޭ ވިދާޅުވީ އަލީ ވަހީދު މިހާރު އުޅުއްވާ ވަކި އެޑްރެހެއް ކޯޓުގައި ބުނެދެވިފައި ނުވާތީ ޗިޓް ރައްދުކުރާނެ ގޮތެއް ނެތުމުން، މައްސަލަ ހައި ކޯޓުގައި ހުއްޓިފައިވާ ކަމަށެވެ.

ބޭރަށް މީހުން ފުރައިގެން ދިއުމުން، އެ މީހުން އުޅޭ އެޑްރެސް ނޭނގޭ ހާލަތްތަކުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ވެސް ހައިކޯޓުން ފުރިހަމަކޮށްފައި ނުވާ ކަމަށް ވިދާޅުވެ، އެކަމުގައި ޝަމީމް ވަނީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"އޭނާގެ އެޑްރެސް ނޭނގެންޏާ ފުލުހުންނަށް އަމުރެއް ނެރެގެން ބަންދުގަ ބަހައްޓައިގެން ހާޒިރުކުރުން. މިކަމާ ބެހޭ ގޮތުން އޮވޭ ހައި ކޯޓު ގަވާއިދުގައި ވެސް ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ވެސް އުސޫލުތަކެއް ކަނޑައަޅާފައި. އެ ޕްރޮސެސްތައް ހިންގަވައިފައި ނެތް ކަމަށް އަޅުގަނޑުމެންނަށް ފެނުނީ ހައި ކޯޓުން މައްސަލަ ނިންމެވިއިރުގައި" ޝަމީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީހެއްގެ އެޑްރެސް ނޭނގޭ ފަދަ ހާލަތެއްގައި ފުލުހުންނަށް އަމުރުކޮށް، ބަންދެއްގައި ބަހައްޓައިގެން ހާޒިރު ކުރެވޭނެ ކަމަށެވެ.

"އަމުރު ނެރޭއިރުގައި ހަމައެކަނި ރާއްޖެއަކު ނޫން އަމުރު ނެރެވޭނީއެއް. އިންޓަޕޯލް ރެޑްނޯޓިސްއާ އެ ކަހަލަ ބައިވަރު އިންޓަނޭޝަނަލް ކަންކަން ވެސް އެބަހުރި އަޅުގަނޑުމެނަށް ކުރެވެން. އެހެންވީމާ އެ ހުރިހާ އެވެނިއުއެއް އަޅުގަނޑުމެން އެކްސްޕްލޯ ކުރާނަން މައްސަލަ ކުރިއަށްދާއިރު،" ޝަމީމް ވިދާޅުވި އެވެ.

ވަޒީރުކަމުގައި ހުންނެވިއިރު، ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު މަގާމުން ވަކިކުރި އަލީ ވަހީދުގެ ޝަރީއަތް ހިނގަމުންދަނިކޮށް އޭނާ ވަނީ ރާއްޖެ ދޫކުރައްވައި ވަޑައިގެންފަ އެވެ.

ކޯޓު އަމުރެއްގެ ދަށުންް ހިފަހައްޓާފައި އޮތް އޭނާގެ ޕާސްޕޯޓް ދޫކޮށް، ފުރުން މަނާކުރުމުގެ އަމުރު ބާތިލުކުރީ ސިއްހީ ފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ޖެހުމުން އޭނާއާ ޖާމިނުވާނެ މީހަކު ވެސް ހުށަހަޅާފައިވާތީ އެވެ. އެއީ އަލީ ވަހީދުގެ ގާތް އެކުވެރިޔާ އަދި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެވެ.

އަލީ ވަހީދު، ރާއްޖެ އިން ބޭރަށް ވަޑައިގަޔުމުގެ ހުއްދަދީ، ޕާސްޕޯޓް ދޫކުރުމަށް ދަށު ކޯޓުން ކުރި އަމުރު ޕްރޮސެކިއުޓާ ޖެނަރަލްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ވެސް ކުރި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ