logoEN
Sto top
ގާފު ރެސިޕީ: އޮރެންޖް ޗިކަން

ގާފު ރެސިޕީ: އޮރެންޖް ޗިކަން

# ގާފު ރެސިޕީ

Recipe_Poster (1)

ގާފު ރެސިޕީގެ މިއަދުގެ ރެސިޕީއެއްގެ ގޮތުގައި މިގެނެސްދެނީ އޮރެންޖް ޗިކަން އެވެ.

Wamco
ބޭނުންވާނެ ތަކެތި:

120 ގ ކުކުޅު ބްރެސްޓް (ކޮށާފައި)

އޮރެންޖް ތޮށި (ގާނާފައި) 1

1 ސައިސަމުސާ ލޮނުމެދު (މުރުރާފައި)

1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

1 ސައިސަމުސާ ލޮނު

1 ސައިސަމުސާ އަސޭމިރުސް

ކުކުޅު ތެލުލުމަށް ބޭނުންވާ ތަކެތި:

ތެލުލެވޭވަރު ތެޔޮކޮޅެއް

50 ގ ފުށް

2 ބިސް

50 ގ ފާރޮށި (މުގުރާފައި)

ސޯސް ތައްޔާރު ކޮށްލުމަށް ބޭނުންވާ ތަކެތި:

60މލ ޗިކަން ސުޓޮކް

½ އޮރެންޖް ތޮށި (ގާނާފައި)

2 އޮރެންޖް ދިޔަ

4 މޭޒުމަތީ ސަމުސާ ހަކުރު

1 މޭރުމަތީ ސަމުސާ ފެން

½ މޭޒުމަތީ ސަމުސާ ކޯން ފުލޯ

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ މެރިނޭޓް ކޮށްލުމަށް ކޮށާފައި ހުރި ކުކުޅުގެ ތެރެއަށް އޮރެންޖް ތޮށި، ލޮނުމެދު، ސޯޔާސޯސް، ލޮނު އަދި އަސޭމިރުސް އަޅާ އެއްކޮށްލާށެވެ.

އެއަށްފަހު ފުށް، ބިސް އަދި ފާރޮށިއަށް ކުކުޅު އެތިކޮޅުތައް ލާށެވެ. އެއަށްފަހު ތެލުލާށެވެ.

ސޯސްގަނޑު ތައްޔާރުކޮށްލުމަށް ޗިކަން ސްޓޮކް، އޮރެންޖް ތޮށި، އޮރެންޖް ދިޔަ، ހަކުރު އަޅާ އެއްކޮށްލާށެވެ.

އަދި ފެނުގެ ތެރެއަށް ކޯން ފުލޯ އެއްކޮށްލުމަށް ފަހު ސޯސްގަނޑޫ ތެރެއަށް އަޅާ ރީއްޗަށް ކައްކާލާށެވެ.

އެއަށްފަހު ތެލުލި ކުކުޅުތައް އަޅާ އެއްކޮށްލުމުން އޮރެންޖް ޗިކަން މިހިރީ ތައްޔާރަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside