logoEN
ކޮކާކޯލާ
އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅައިލިކަމުގެ ތުހުމަތަށް ތިން މީހަކު ހައްޔަރުކޮށްފި !

އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅައިލިކަމުގެ ތުހުމަތަށް ތިން މީހަކު ހައްޔަރުކޮށްފި !

ހުސެއިން

logo

4/15/2021, 3:27:03 PM

# އެމްޑީޕީ

photo-2021-04-13-170550-850x548-1

މާލޭގައި ހުންނަ އެމްޑީޕީގެ މައި އޮފީހުގެ ބިއްލޫރިގަނޑު ތަޅައިލި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

އަބުޅޯ

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ ދިވެހި ތިން ފިރިހެނުން ކަމަށެވެ. އެއީ އުމުރުން 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ސޯސަންމަގުގައި ހުންނަ އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ގަލަކުން ޖަހައި އެމްޑީޕީ އޮފީހުގެ ބިއްލޫގަނޑު ތަޅާލާފައި މިވަނީ އިލެކްޝަން ކޮމިޝަންގެ އިންތިހާބީ މަރުކަޒުގައި އެމްޑީޕީގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުން ހިނގާފައިވަނިކޮށެވެ.

އެމްޑީޕީން ކުރިން ބުނި ގޮތުގައި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ބާ ޖަމާލުއްދީނަށް ވަޑައިގަންނަވަން ޖެހުނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް ހިނގަމުން ދަނިކޮށް އެތަނަށް އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ވަޑައިގެން އިލްކެޝަންސް ކޮމިޝަނުގެ މުވައްޒަފުންގެ މަސައްކަތް ކުރިޔަ ނުދީ އެ މަސައްކަތަށް ހުރަސް އަޅާފައިވާތީއެވެ. އެ ތަނަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވުމުން މައްސަލަ އިތުރަށް ވަނީ ގޯސްފައެވެ.

ހަމަނުޖެހުންތަކާ ގުޅިގެން އިލެކްޝަނުން ވަނީ އެއްވެސް ވޯޓު ފޮއްޓެއް ނުގުނުމަށް އެ ދުވަހު ނިންމިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ