އިނގިރޭސި ސަފީރު ދިވެހިންނާއެކު ރޯދަ ހިފާނެ, ޤުރުއާންވެސް ކިޔަވާނެ!

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ މި ރަމަޟާން މަހު ދިވެހީންނާއެކު ރޯދަ ހިއްޕަވައި ގުރުއާން ކިޔަވާވިދާޅުވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. ރޯދައަށް ހުރުމާއި ގުރުއާން ކިޔެވުމާ ބެހޭ ހިޔާލާއި ލަފާ ދިނުމަށްވެސް އޭނާ ޓްވިޓާގައި އާންމުންގެ ކިބައިން އެދިވަޑައިގަތެވެ

ސަފީރުގެ ޓްވީޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، ބައެއް މީހުން ގެންދަނީ ހާރުކާން ރަނގަޅު ކާ އެއްޗެހީގެ ލަފާ ދެމުންނެވެ. އަދި ގުރުއާން ކިޔަވާއިރު މާނައާއެކީ ކިޔެވުމަށްވެސް މީހަކު ލަފާ ދިނެވެ.

ކެރޮން ރޮސްލާއަކީ ދިވެހީންގެ އާދަކާދައަށް ޝައުގުވެރިކަން ފާޅު ކުރައްވާ ބޭފުޅެކެވެ. އެގޮތުން، ދިވެހި ކެއުން ތަޖުރިބާ ކުރައްވައި އެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައިވެ އެވެ. އަދި އަވަށްޓެރިންނާއެކު ތަށިބަރި ބަދަލުކުރުމުގައިވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް