logoEN
PNC TOP 3
އިންޑިޔާގައި ރަޝިޔާގެ ސްޕުޓްނިކް-ވީ ވެކްސިނަށް ހުއްދަދީފި

އިންޑިޔާގައި ރަޝިޔާގެ ސްޕުޓްނިކް-ވީ ވެކްސިނަށް ހުއްދަދީފި

# ކޮވިޑް19# އިންޑިއާ# ރަޝިއާ

COVID-19-vaccine-sputnik

އިންޑިޔާގައި ރަޝިޔާގެ ސްޕުޓްނިކް-ވީ ވެކްސިނަށް ހުއްދަދީފިއެވެ. މިއީ އެ ޤައުމުން އެޕްރޫވްކުރި ތިންވަނަ ވެކްސިނެވެ.

PNC MID 2

ސްޕުޓްނިކް-ވީ ވެކްސިނަކީ ކޮވިޝީލްޑްް ވެކްސިނާއެއްގޮތަށް ރައްކާތެރިކަން ކަށަވަރުކޮށް ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭނުން ކުރަމުން އަންނަ ވެކްސިނެކެވެ. އަދި މި ވެކްސިނަކީ ކޮވިޑާއި ދެކޮޅަށް %92 ރައްކާތެރިކަން ކަށަވަރުކޮށްދޭ ވެކްސިނެއްކަމަށް ހާމަކޮށްފައިވާ ސްޓޭޖް ޓްރައިލްގެ ނަތީޖާތަކުގައިވެއެވެ.

އިންޑިޔާއިން މި ވެކްސިން ޖެހުމަށް ހުއްދަ ދީފައި ވަނީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ކޮވިޑް ކޭސްތައް ފެނުނު ޤައުމަކަށް އިންޑިޔާ ވި ދުވަހުކަން ފާހަގަކޮށްލަން ޖެހެއެވެ. އިންޑިޔާއިން މިހާތަނަށް 13.5 މިލިއަން ކޭސް ވަނީ ފެނިފައެވެ. އަދި އެންމެ ގިނަ ކޭސް ފެނިފައިވާ އެމެރިކާއިން ފެނިފައިވަނީ 31 މިލިއަން ކޭސްއެވެ.

އިންޑިޔާއިން ވަނީ މިހާތަނަށް 100 މިލިއަން ޑޯޒްގެ ކޮވިޝީލްޑް އަދި ކޮވެކްސް ވެކްސިން ޖަހާފައެވެ. ސްޕުޓްނިކް-ވީ ވެކްސިން އެޕްރޫވް ކުރުމާއެކު މި އަދަދު ބޮޑުތަނުން އިތުރުވާނެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC