
އަޅުގަނޑާއި ރައީސް ނަޝީދުއާއި ހިޔާލު ތަފާތު - ރައީސް
# ރައީސް ނަޝީދު# ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުunnamed
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެމަނިކުފާނާއި ހިޔާލު ތަފާތަސް، ދެމީހުންގެ ދެމެދަށް ވެންޓިލޭޓަރަކަށް ނުވަދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނާއި ރައީސް ނަޝީދުގެ ދެމެދަކަށް ވެންޓިލޭޓަކަރަށް ނުވަދެވޭނެ ކަމަށެވެ. އަދި ދެ ބޭފުޅުންގެ މެދުގައި އެއްވެސް ހިތް ނުވަތަނަވަސް ކަމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ދެ ބޭފުޅުންގެ ދެމެދުގައި ހިޔާލު ތަފާތުވުން ހުއްޓަސް އެމްޑީޕީއަށާއި ގައުމަށް ގެއްލުންވާނެ ކަމެއް ނުކުރައްވާނެ ކަމެވެ. އެމްޑީޕީއަކީ އަބަދުވެސް ހިޔާލު ތަފާތުވުންތަކާއެކު ކުރިއަށްދާ ޕާޓީއެއް ކަމަށެވެ.
"އެމްޑީޕީއަކީ ތަފާތު ވިސްނުމަށް ތަފާތު ފިކުރަށް ޖާގަދޭ ޕާޓީއެއް، އެހެންވީމަ އެމްޑީޕީ އަބަދުވެސް ކުރިއަށް ދާނީ އެ ފިކުރިގަ، އެހެންނަމަވެސް ޕާޓީއަށް ގެއްލުންވާނެ އެއްވެސް ކަމެއް އަޅުގަނޑުމެން އެއްވެސް މީހަކު ނުކުރާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ވެންޓިލޭޓަރު މައްސަލާގައި ސަރުކާރަށް މީގެކުރިން ވެސް ނަޝީދު ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން ވެންޓިލޭޓަރު މައްސަލާގައި ދައުވާނުކޮށް ދެވަނަ ފަހަރަށް ޕްރޮސިކިއުޓާ ޖަނެރަލްގެ އޮފީހުން ބޭރުކޮށްލުމާ ގުޅިގެން، ވަގު ސަރުކާރާއެކު އޮންނަން އެމްޑީޕީ ބޭނުން ނުވާނެ ކަމަށްނަޝީދުވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތާއި ގުޅިގެން ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އެކަމަށް އެދުނު މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން އެ ކުންފުނިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ.
ގުޅުންހުރި

ރައީސް ނަޝީދު އަލުން އެމްޑީޕީއާއި ގުޅެން ނިންމައިފި: ޑިމޮކްރެޓްސްގެ މެމްބަރުންވެސް ގުޅޭނެ!

ގައުމު ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން - ފައްޔާޒު

އުއްތަމަ ފަނޑިޔާރު، ނަޝީދުއަށް ގުޅުއްވި ކަމަށްބުނެ ފަތުރަމުންދާ ހަބަރަށް ނަޝީދުގެ ރައްދު: "އަލިފުން ޔާއަށް އޭގައި ހުރީ ދޮގު"
