logoEN
ކޮކާކޯލާ

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގދ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް, ވެރިކަން ކުރާ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މުޙައްމަދު ޙަސަން (ކެޔޮޅު) އަކީ އިތުރު ތައާރަފެއް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ އަތޮޅުގެ އެންމެންވެސް ދަންނަ, އެންމެންގެ ކެޔޮޅެވެ. ކެޔޮޅު ފާހަގަ ވަނީ އެންމެނާވެސް ގާތް ގުޅުމެއް ބާއްވާ ހިތްހެޔޮ މީހެއްގެ ގޮތުގައެވެ. މާލޭގައި ތަޢުލީމް ޙާސިލް ކުރެއްވުމަށްފަހު އެނބުރި ރަށަށް އައިސް ފުރަތަމަ ފެށި މަސައްކަތަކީ މަސްވެރިކަމެވެ. މަސްވެރިކަމުގައި ދިގު މުއްދަތަކެއް ހޭދަކުރެއްވި އިރު, އެދާއިރާ ދޫކޮށް ސިޔާސީ ޙަޔާތް ފެއްޓެވި އިރު މުޙައްމަދު ޙަސަން އަކީ ކެޔޮޅެކެވެ. މިއަދު ގިނަ ބައެއްގެ ރުހުމާއި ލޯބި ލިބިފައިވާ, ގިނަ ބަޔަކު ދަންނަ މޮޅު ކެޔޮޅެކެވެ.

އަބުޅޯ

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ކުރެއްވި ދިގު މުއްދަތުގެ ޚިދުމަތްތަކަކީ މިއަދު ހުވަދު އަތޮޅާއި މުޅި ގައުމަށްވެސް އެކަންކަމުން ކުރިއެރުންތައް ލިބިފައިވާ ކަންކަމެވެ. ދޮށީގެ މަސްވެރިކަން ކުރިއެރުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރައްވައި ސަރުކާރާ ގުޅިގެން ރައްޔިތުންނަށް މަސްވެރިކަމުގެ ނަފާ ހޯދައި ދިނުމަށް 33 އަހަރު ވަންދެން ކުރެއްވި މަސައްކަތުން އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވިއެވެ. ރާއްޖޭގެ ރެކޯޑެއްގެ ގޮތުން ގދ. ތިނަދޫ އަސްދާނު ދޯނީގައި 52 ޓަނަށްވުރެ ގިނައިން އެއްދުވަހެއްގައި މަސް ބޭނި އިރު، އެ ދޯނީގެ ކެޔޮޅަކަށް ހުންނެވީ ވެސް މުހައްމަދު ހަސަނެވެ. ކެޔޮޅަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގައި މަސްވެރިކަން ފެށިއިރު އެންމެ ފުރަތަމަ ކެޔޮޅުންގެ ތެރެއިން ކެޔޮޅެކެވެ.

މުޙައްމަދު ހުސައިން އަކީ ހައުސިން މިނިސްޓްރީގެ ދަށުން ތިނަދޫގައި ގާއިމުކޮށްފައިވާ ޕަބްލިކް ވޯކް ސާވިސް ޔުނިޓްގެ ރީޖަނަލް މެނޭޖަރުގެ މަގާމާއި ޑިރެކްޓަރުގެ މަގާމާއި ސީނިއަ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ. އެމަގާމުގައި ހުންނަވައިގެންވެސް ކެޔޮޅު ވަނީ އަތޮޅުގެ ރަށްރަށަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. އޭގެ ތެރޭގައި ގދ. ވާދޫގެ މަގުތައް ހެދުމާއި އަލަށް މަގުތަށް ކޮށައި ސާފުކޮށް، އަދި ލޯކަލް ޓުއަރިޒަމް ތަރައްގީ ކުރުމަށް ބޭނުންވާ ބްލޫބޯލްސް އޭރިޔާ ސާފުކޮށް ދިނުމާއި، ބޮޑު މިސްކިތު ގޯތިތެރެއަށް ވެލިއަޅައި ލެވެލްކޮށް ގާ އެތުރުމާއި، ގއ.ދެއްވަދޫ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެ ރަށުގެ ގިރާ ސަރަޙައްދު ބޮޑު ހިލަ ޖަހައި ހިމާޔަތް ކުރުމާއި، ގދ.ފިޔޯރީގެ މަގު ހެދުމާއި ފިޔޯރީ ސްކޫލަށް ބޭނުންވާ އިތުރު ބިންތައް ސާފުކޮށް ކުނި އުކައި ދިނުމާއި، ގދ. ރަތަފަންދޫ ކުނިގޮޑު ސާފުކުރުމާއި ރަށުގެ ވަށައިގެން ދުއްވުމަށް މަގެއް ހެދުމާއި، އަދި އެރަށު ސްކޫލްގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ސްކޫލް ގޯތިތެރެއަށް ވެލިއަޅައި ލެވެލްކުރުމުގެ އިތުރުން އެރަށުގައި ހިނގާބިގާވެ އަދި ވެހިކަލްތައް ދުއްވުމަށް ދަތިވެފައިވާ އެންމެހާ މަގެއް ހެދުމުގައި އޭނާގެ ދައުރު ބޮޑެވެ.

ކައުންސިލަށް ކުރިމަތި ލެއްވި ސަބަބު:

މިމަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގދ. އަތޮޅު ރައީސްގެ ގޮނޑިއަށް ކެޔޮޅު ކުރިމަތިލެއްވި ސަބަބު ވަރަށްވެސް ސީދާ ސާދާ އެވެ.

"ވަރަށް ގިނަ ދުވަސް ވަންދެން ކަނޑުމަތީގަ އުޅެފަ މި އަތޮޅުގެ ކައުންސިލްގެ ކެންޑިޑޭޓުގެ ގޮތުގައި ޕާޓީގެ ޕްރައިމަރީގައި ވާދަކޮށް, ޕްރައިމަރީ ކާމިޔާބު ކުރުމަށްފަހު މިއަދު ނުކުމެ މިހުރީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް."

ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މާތް މަގްސަދުގައި މިއަދު ކެޔޮޅު ނުކުމެ އެހުރީ އެމްޑީޕީގެ "ދަރިއެއް ފަދަ" ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން އަތޮޅުގެ ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށެވެ. ކައުންސިލްތައް ހިންގުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާއެކު, ގާނޫނުން ލިބޭ ބާރުވެރިކަން ތަންފީޒުކޮށް ސަރުކާރުގެ ސިޔާސަތުތަކާއެކު އަތޮޅުގެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދީ، އެ އަތޮޅު ތަރައްގީ ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަމާ އެކުއެވެ.

"އަޅުގަނޑަކީ އަބަދުވެސް ރައްޔިތުންނާ ގާތުން, ރައްޔިތުން އެދޭ ކަންކަން ކުޅައުމުގެ އުއްމީދު އޮވެގެން މިކަމަށް ނުކުމެ ހުރި ކެންޑިޑޭޓެއް. ކުރިމަތި މި ލީ ލާމަރުކަޒީ ނިޒާމަށް, ގާނޫނުން ލިބޭ ބާރުވެރިކަން އަތޮޅުތަކަށް ދޫކޮށްލުމުން އޭގެން ލިބޭ ނަފާއި އުފާވެރިކަން ރައްޔިތުންނާ ހަމައަށް ގެނައުމަށްޓަކައި މެދުވެރިއެއްކެ ދައުރު އަދާކުރުމަށް. އަތޮޅުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަންކަމުންނާއި ނުހިމެނޭ އެންމެހައި އަގުބޮޑު މައުދަނުތަކުން އަތޮޅު ކައުންސިލްގެ ބެލެނިވެރިކަމުގައި ހުރި ވަސީލަތްތަކާއެކު އެ ވަސީލަތްތަކުން ގުދުރަތީ ރީތިކަން ވިއްކައިގެން ނަފާވެރިކަން ނެރެ އަދި އަތޮޅުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ އަތޮޅުގެ ތަރައްގީ މީގެ ކުރިން ރައްޔިތުން ނުދެކޭ އަދި އުއްމީދުވެސް ނުކުރާހާ ހިސާބަށް ގެންދިއުމުގެ ޔަގީންކަން މި ގާނޫނީ ގޮތުންނާއި އަދި ސަރުކާރުން އަމާޒު ހިފާފައި ހުރި މިސްރާބަށް ބަލާލާފަ އަތޮޅަށް އަދަށްވުރެ ފަހި މާދަމާއެއް ހޯދައިދިނުމަށް އަތޮޅު ކައުންސިލަށް ކުރިމަތިލައިގެން ނުކުމެ މިހުރީ"

"ގާބިލް ވުމަކީ ރައްޔިތުން އެދޭ ގޮތަށް ޚިދުމަތް ދިނުމުގެ ވިސްނުމާއި ބުއްދި ހުރުން"

މުޙައްމަދު ޙުސައިން އަކީ ޤާބިލް ކެންޑިޑޭޓެއް ނޫން ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަށް ކެޔޮޅު ދޭން ބޭނުންވަނީ ވަރަށް ފޮނި ރައްދެކެވެ. ކެޔޮޅު ވިދާޅުވި ގޮތުގައި އޭނާއަށް ވޯޓު ދޭން ޖެހޭ ސަބަބަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ރިޔާސީ ވަޢުދު ފުއްދުމަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. އަދި ސަރުކާރުން އެކަމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތަށް އިތުރު ބޮޅެއް ގެނެސްދިނުމަށްޓަކައެވެ.

"މި ޗޭނު ގެތި ލާމެހިގެން ދަނީ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއެކު. ގާބިލްކަމާއި ނާގާބިލްކަމާ މެދު ބުނެލަން އޮތީ މީހާ ގާބިލް ވުމަކީ ރައްޔިތުން އެދޭ ޚިދުމަތްތައް ރައްޔިތުން އެދޭ ގޮތަށް ދެވޭނެ ވިސްނުމާއި ބުއްދި ހުންނަ މީހާ އަކީ ގާބިލް މީހާ.

ސިޔާސީ މަސައްކަތުގައި ކެޔޮޅު 19 ވަރަކަށް އަހަރު ހޭދަކޮށްފައިވާއިރު އަތޮޅުގެ އެތައް ރައްޔިތުންތަކަކާ ބައްދަލުވެފައި އެބަހުއްޓެވެ. އަދި އެ ހުރިހާ ދުވަހުވެސް ކެޔޮޅު ދެމި ހުރީ އެއް އަމާޒަކަށް, އެއް ފިކުރަކަށް, އެއް ޕާޓީއަކަށް މަސައްކަތް ކުރުމުގައެވެ.

މިކަމުގެ ސަބަބުން ގާބިލްކަން ދައްކުވައިދޭ އެއް ދަލީލަކީ ކަނޑުމަތީގައި ހުރެފައި, ރާއްޖޭގެ ރިޔާސަތާ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު އަޅުގަނޑާ ހަވާލުކުރެއްވީ ތިނަދޫގެ ޕަބްލިކް ވޯކްސް އާ. ޕަބްލިކް ވޯކްސް އިން އަދާ ހިސާބަށް މާޒީން ކޮށްފައިވާ ޚިދުމަތްތަކާއި އަޅުގަނޑު ހަވާލުވީ ފަހުން އަދާ ހިސާބަށް ކޮށްދެމުން އަންނަ ޚިދުމަތްތައް ބަލައިލުމުން އެނގޭނެ ގާބިލް ވަނީ ކިހިނަކުން ކަން. ގާބިލް ވާން ޖެހެނީ ކޮން ގޮތަކުން ކަން. އެއީ ތިނަދޫއާއި އަތޮޅުގެ ރައްޔިތުންނަށް ދީފައި ހުރި ޚިދުމަތް. ތައުލީމީ ދާއިރާއާއި ކުޅިވަރު ދާއިރާއަށް ކޮށްދީފައި ހުރި ކަންކަން. މި ކަންތައްތަކަކީ ކުރީ ސަރުކާރުން ނުކޮށްދީ ހުރި ކަންކަން. اللهގެ ރަޙުމަތުން އަޅުގަނޑު މިވަނީ ކޮށްދީފަ. އެއީ ގާބިލް ވުމަކީ.

ކެޔޮޅުގެ ތަސައްވުރު

"މި އަތޮޅުގެ ކައުންސިލްގެ ރައީސް ކަމަށް އަޅުގަނޑު އިންތިޚާބުކުރައްވައިފި ނަމަ ސަރުކާރާ ގުޅިގެން މީގެ ކުރިން ނުލިބި ހުރި އެތައް ޚިދުމަތެއް މި އަތޮޅުގެ ރައްޔިތުންނާ ހަމައަށް ގެނެސްދޭނަން. މިއީ ތަސައްވުރަކާއި ފިކުރަކާއި ވިސްނުމެއް އޮވެގެން ކުރާ މަސައްކަތެއް. މި މަސައްކަތުގެ އަސްލު ހަގީގަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ހއ. އިން ސ. އާ ހަމައަށް ވެފައިހުރި ރިޔާސީ ވައުދުފުޅު މުޅި ރާއްޖެއަށް ރަނުން ރަނަށް ފުއްދުން. އެއީ އަންނަން އޮތް ސަރުކާރާ ހަމައަށް ވާސިލްވުމަށް އެޅޭ އެންމެ މަތިވެރި އެންމެ ތެދުވެރި އެންމެ އަމާޒް ހިފޭ އެއް އަސާސް,"

އަތޮޅުގެ ރަށްތައް ފުރިހަމަ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ސްޕީޑް ފެރީގެ ޚިދުމަތް ގާއިމުކުރުން

ތިނަދޫ ފެރީ ޓާމިނަލް ޒަމާނީ ވަސީލަތްތަކާއެކު އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ބޭނުންކުރެވޭފަދަ ހިތްފަސޭހަ ތަނަކަށް ހެދުން

އަހަރަކު މަދުވެގެން ތިން ފަހަރު އަތޮޅުގެ ހުރިހާ ރަށެއްގެ މަގުތައް ހެދުން

ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން އަތޮޅުގައި މަސް ކޭނިންގ ފެކްޓްރީއެއް ހެދުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުން

ދަނޑުވެރިކަމަށް ބޭނުންވާ ސާމާނުތަކާއި ބޭސްތައް އަތޮޅުން ލިބޭނެ ލުއިފަސޭހަގޮތް ހަމަޖައްސައިދީ ދަނޑުވެރިންނަށް މަންފާ ހޯދައިދިނުން

ދަަނޑުވެރި ރަށްރަށުގައި ހުރި ދަނޑުތަކަށް ދެވޭނެ ފަސޭހަ މަގުތަކެއް ހަދައި ދަނޑު ތަކަށް ބޭނުންވާ ފެނާއި ކަރަންޓްގެ ހިދުމަތް ލިބޭނެގޮތް ހެދުން

އަތޮޅުގެ ދޯނި ތަކުގައި އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް މަގުފަހިކުރުން

ކުދި ވިޔަފާރި ތަރައްގީ ކުރުމަށާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ރަށު ކައުންސިލްތަކާ ގުޅިގެން މައިކްރޯ ކްރެޑިޓް ސްކީމެއްތައާރަފްކުރުން

އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށް ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން ޕްރޮގްރާމެއް ތައާރަފްކޮށް ރަށުގައި ތިބެގެން ކިޔެވޭނެ މަގުފަހިކުރުން

ކުޅިވަރުގެ ތެރެއިން ލީޑަޝިޕާއި ދިރިއުޅުމުގެ ހުނަރު ދަސްކޮށްދޭން ޒުވާނުންނަށް އަމާޒުކޮށް ހާއްސަ ޕްރޮގްރާމެއް ތައާރަފްކުރުން

ރަށުކައުންސިލްތަކުން ހިންގަން ބޭނުންވާ ކުދި މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ގާއިމްކޮށްދިނުން

މަޑަވެލި ކައުންސިލްގެ އިހްތިސާސްގައި ފަޅު ރަށެއް ހިމެނުމަށް މަސައްކަތް ކުރުން

އަތޮޅުކައުންސިލް ހިންގުމުގައި ރައްޔަތުންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން، އެކިދާއިރާތައް ޝާމިލުވާގޮތަށް، ފާންނީ ގާބިލު ފާރާތްތައް ހިމެނޭ އެޑުވައިޒަރީ ކޮމިޓީއެއް އެކުލަވާލައި އެކޮމިޓީގެ ލާފާ ހޯދާން

ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖު

މުޙައްމަދު ޙަސަން, ކެޔޮޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް, މުޙައްމަދު ނަޝީދުގެ ތާއީދާއެކު ގދ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓެކެވެ. ކެޔޮޅު ދޭން ބޭނުންވާ މެސެޖަކީ އަތޮޅުގެ ރަށްރަށުގެ ހާލަތު ބަދަލު ކުރުމަކީ އެ ރަށްރަށުގެ ރައްޔިތުންގެ އަތްމަތީގައި އޮތް އިޚްތިޔާރެއް ކަމަށެވެ. އެހެން ކަމުން ސަރުކާރާ ގުޅިގެން ތަރައްގީ ގެނައުމަށްޓަކައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ކެޔޮޅު އިލްތިމާސް ކުރެއްވިއެވެ.

"މި 80 ކެންޑިޑޭޓުންނަށް ވޯޓު ދެއްވައި އިންތިޚާބުކޮށްދެއްވުމަކީ މި މުޅި އަތޮޅުގެ މުސްތަގުބަލް އަދި އުއްމީދު. ފަހު ބަހަކަށްވެސް ބުނެލަން އޮތީ 10 ވަނަ ދުވަހު ނުކުމެ ގަނޑުކޮށް ތިލަފަތަށް ބޯކޮށް ވޯޓު ދީ މި ލަޝްކަރު ރުކުރުވާލަދޭށޭ. ރަށު ކައުންސިލްތަކާއެކު އަތޮޅު ކައުންސިލް ގުޅާލަދޭ ބްރިޖުގައި ހިނގަން މި ނުކުންނަނީ ކެޔޮޅު ތަސައްވުރާއި ވިސްނުމާއި ތިޔަ ރައްޔިތުންގެ އުއްމީދާ އެކު."

ކެޔޮޅުގެ ކެންޑިޑޭޓް ނަމްބަރަކީ 03 އެވެ. ވޯޓު ކަރުދާހުގައި އޮންނާނީ "މުޙައްމަދު ޙަސަން (ކެޔޮޅު) އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ