2019 – ފެނަކައަށް ކާމިޔާބު އަހަރެއް

ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތްދޭ ސަރުކާރު ކުންފުނި، ފެނަކަ ކޯޕޮރޭޝަނަށް ފުރަތަމަ ފަހަރަށް ފައިދާ ވެއްޖެ އެވެ.

އެ ކުންފުނިން އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 2019 ވަނަ އަހަރު އެކުންފުންޏަށް ވަނީ 35.9 މިލިއަން ރުފިޔާގެ ފައިދާއެއް ވެފައެވެ. އަދި މިދިޔަ އަހަރަކީ އެކުންފުންޏަށް އެންމެ ކާމިޔާބު އަހަރު ކަމަށާއި މީގެ ކުރިން އެ ކުންފުންޏަށް ލިބިފައިވަނީ ހުސް ގެއްލުން ކަމަށްވެސް ބުނެފައިވެއެވެ.

ދެހާސް އަށާރަވަނަ އަހަރު އެކުންފުންޏަށް ވަނީ 143 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައެވެ.

‏”ގިނަ އަހަރުތަކަކަށް ގެއްލުމުގައި ކުންފުނި ހިނގަމުންއައި ނަމަވެސް, މިސަރުކާރުގައި މިކުންފުންޏަށް އައި ކުރިއެރުންތަކާއި އެކު މިއަދު މިކުންފުންޏަކީ ފައިދާވާ ކާމިޔާބު ފަޚުރުވެރި ކުންފުންޏެއް.” ފެނަކަ ކޯޕަރޭޝަންގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެއެވެ.

ފެނަކަ ކުންފުންޏަކީ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށްޓަކައި، 2012 އަހަރު އުފެއްދި ކުންފުންޏެކެވެ. އެކުންފުނިން ރާއްޖޭގެ 151 ރަށެއްގައި ޚިދުމަތް ދެމުން ދެއެވެ.

ކޮމެންޓް

One Response

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް