


.jpeg?w=3840&q=75)




.jpeg?w=3840&q=75)
ޚުޠުބާ - މިސްކިތް
މިދިޔަ އަހަރުގެ ރަމަޟާން މަހުގައި ނުހިފި ހުރި ފަރްޟު ރޯދަތައް ގަޟާކޮށް މިއަހަރުގެ ރަމަޟާން މަހަށް އިސްތިޤްބާލުކުރަން ތައްޔާރުވާން މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ ޝައުބާން މަހުގެ 15 ވިލޭރެއާއި ދުވަހުގެ މަތިވެރިކަމާއި މާތްތަކަމުގެ މައްޗަށެވެ. އެގޮތުން އެމަހަކީ ކީރިތި ރަސޫލާ صلى الله عليه وسلم ވެސް ގިނައިން ރޯދަ ހިއްޕަވާ މަހެއް ކަމާއި އެ މަހުގައި ރަމަޟާން މަހުގައި ދޫކޮށްލެވިފައިވާ ރޯދަތައް ހިފުން މޮޅު އިތުރުވެގެންވާ މަހެއް ކަމަށް ޚުތުބާގައި ވެއެވެ.
އަދި ޝައުބާން މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެއްވެސް ސުންނަތް ރޯދައެއް ނުހިފުމަށް ރަސޫލާ صلى الله عليه وسلم ނަސޭހަތްތެރިވެވަޑައިގެންފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި ޝައުބާން މަހުގެ 15 ވިލޭރެއާއި އެދުވަހަށް ވަކި ކާއްސަ ދުޢާއެއް އަދި ނަމާދެއްވެސް ނޯންނަ ކަމާއި އެ މަހުގައި ފާހަގަ ކުރެވޭ އެންމެ މުޙިއްމު އެއް ކަމަކީ މުސްލުމުގެ ޤިބްލަ ކަޢުބަތުﷲ ގެފުޅަށް ބަދަލު ކުރެއްވުން ކަންވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
މިއަދުގެ ޚުތުބާގެ ދެވަނަ ބައި ޚާއްސަ ކޮށްފައިވަނީ ރަމަޟާން މަހަށް ތައްޔާރުވުމާ ގުޅޭ ގޮތުންނެވެ. އެގޮތުން ނުހިފި ހުރި ފަރުޟު ރޯދަތައް ހިފުމަށް އަވަސްވެގަތުމަށާއި ރަމަޟާން މަހަށް ތައްޔާރުވުމަކީ އިސްރާފު ކުރަން އޮތް ކަމެއް ނޫން ކަމާއި، އެ މަހުގެ އަޅުކަމަށް ވަގުތު ދެވޭނެ ގޮތަކަށް ވަގުތުތައް ރާވައިލުމަށްވެސް ޚުތުބާގައި ނަސޭހަތްތެރިވެފައި ވެއެވެ.
މީގެ އިތުރުން ފިތުރު ޒަކާތް ދެއްކުމާއި ދީލަތިކަން އިސްކޮށް، ޒުވާބުކުރުމާއި ދުރުވެ ކެތްތެރިކަމާއި މަޑުމައިތިރިކަން އިސްކުރުމަށްވެސް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.



.jpeg?w=3840&q=75)




.jpeg?w=3840&q=75)