
wamco-aa-uniform_-24
ގދ. ތިނަދޫ ކުނިކޮށި ސަރަހައްދުގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޯދުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން އިއުލާންކޮށްފިއެވެ.

އެކުންފުނިން އިއުލާންކޮށްފައިވަނީ "ވެށިފާރަވެރިން" ހޯދުމަށެވެ. ވެމްކޯގެ އިއުލާނުގައިވާ ގޮތުން އެ މަގާމަށް ހަތަރު މީހަކު ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގާމުތަކަކީ ވަގުތީ މަގާމްތަކެއް ކަމަށާއި އެ މަގާމުގެ މުއްދަތަކީ 2 މަސް ދުވަސް ކަމަށްވެސް ބުނެފައިވެއެވެ.
އެ އިއުލާނުގައި ވާ ގޮތުން އެ މަގާމަށް އެކުންފުނިން ހޯދަނީ ސިއްޙަތު ރަނގަޅު, އަސާސީ ތައުލީމް ހާސިލްކޮށްފައިވާ މީހުންނެވެ. މުސާރައަކީ މަހެއްގެ މައްޗަށް 7500 އެވެ.
އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަޒީފާއަށް އެދޭ ފޯމު ތިނަދޫ ކައުންސިލުންންނާއި އެ ކުންފުނީގެ ވެބްސައިޓުންވެސް ލިބެން ހުންނާނެ އެވެ. އަދި ތިނަދޫ ކައުންސިލް މެދުވެރިކޮށް ފޯމު ބަލައިގަތުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާކަމަށް އެ އިއުލާނުގައި ވެއެވެ.
ވެމްކޯއަށް ތިނަދޫން މުވައްޒަފުން ހޯދަން އިއުލާންކޮށްފައި މިވަނީ އެރަށުގެ ކުނި ކޮށީގައި މިހާރު އެއްތަންވެފައިވާ ކުނި ރައްކާތެރިކަމާއެކު ނައްތާލުމަށްޓަކައި ތިލަފުށްޓަށް ގެންދިއުމަށް މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ގުޅުންހުރި

5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު: ވެމްކޯއިން ކުޅުދުއްފުށީގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި

ވެމްކޯގެ ހޮބާ ހިދުމަތް އާސަންދައިގެ އޮފީސްތަކަށް ދިނުމަށް ސޮއިކޮށްފި

ވެމްކޯގެ ހޮބާ ހިދުމަތް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް!
