
villingili
ގއ. ވިލިނގިލި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ އިތުރު ޝިޕްމަންޓެއް އެރަށަށް ގެންގޮސްފައިވާކަމަށް އެމްޓީސީސީން ބުނެފި އެވެ.

ވިލިނގިލި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫގެ ތިންވަނަ ފިޔަވަހީގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ، އެމަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފަސްވަނަ ޝިޕްމެންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން އައު ހާބަތ ބޭސިން ފުން ކުރުމުގެ 75 ޕަސެންޓް މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އަދި، އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތުގެ 89 އިންސައްތަ ފުރިހަމަކުރެވިފައިވާކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން، 59,536.80 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 275 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 613 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 685 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 107.86 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ގުޅުންހުރި

އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މިލަންދޫގެ ތިން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

މާކުރަތު ޕޮލިސް ޕޯސްޓު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

އުނގޫފާރު ބިން ހިއްކުމުގެ މަޝްރޫއު: ބިން ހިއްކުން ނިމި ރިވެޓްމެންޓުގެ މަސައްކަތްތައް ކުރިޔަށްދަނީ
