logoEN
Sto top
ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ

ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ

އައިޝަތު އިފާޝާ

logo

9/5/2023, 12:30:16 PM

# އެމްޓީސީސީ

F5PmOgzacAAW1NQ

ހއ. ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި އެމްޓީސީސީއިން ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ.

Wamco

އެމްޓީސީސީން ބުނީ، ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވަނީ، 2 ސެޕްޓެމްބަރ 2023 ވަނަ ދުވަހު ކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އަގަކީ 152.04 މިލިއަން ރުފިޔާއެވެ.

ހއ. ތުރާކުނަކީ 707 މީހުންގެ އާބާދީއެއް ދިރިއުޅޭ މަސްވެރ،ި ފަތުރުވެރިކަމަށްވެސް މަޝްހޫރު ރަށެކެވ.ެ ޒަމާނުއްސުރެ ތުރާކުނުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ރަށުން ގޯތި ދޫކުރުމަށް ބޭނުންވާ ބިން ނެތުމުގެ ޝަކުވާއެވެ. އަދި ރަށް ގިރުމުގެ މައްސަލަވެސް ރައްޔިތުންނަށް ތަހައްމަލު ކުރަންޖެހިފައިވާތައި ވަނީ އަހަރުތަކެއް ވެފައެވެ.

ނިމިދިޔަ ހަފުތާގެ ތެރޭގައި މޮބިލައިޒް ކުރެވުނު ހއ. ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކ،ު އިސްވެދެންނެވުނު ބިމުގެ ދަތިކަން ހައްލުވެގެން ދާނެއެވެ. އަދި ހިމާޔަތް ކުރެވިފައިވާ ޒަމާނީ ރީތި ގޮނޑުދޮށެއް ތުރާކުނު ރައްޔިތުންނަށް ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުނ،ް 8.16 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއ،ި 1215 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި ސޭންޑް ސަރޗް ސަރވޭއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢުއަކީ 152.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސްސަމެންޓެއް ހެދުމަށްފަހުއެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside