ކަރީނާ ބުނީ ސައިފް އަކީ މޮޅު ކައްކާއެއް ކަމަށާއި، އޭނާއަށް ބިހެއް ކައްކާކަށްވެސް ނޭނގޭ ކަމަށް

ކަރީނާ ކަޕޫރު ދާދި ފަހުން ނިއު ދިއްލީގައި ބޭއްވި އިވެންޓެއްގައި ބައިވެރިވެ އޭނާގެ ޕްރޮފެޝަނަލް އަދި ޕާސަނަލް ލައިފްގެ ވާހަކަ ތައް ކިޔައިދެމުން ބުނީ، ފިރިމީހާ ސައިފް އަކީ ވަރަށް މޮޅު ކައްކާއެއް ކަމަށެވެ.

ބޮލީވުޑްގެ ބަތަލާ ވަނީ ދަރިންނާއި ފިރިމީހާއާ އޮންނަ ގުޅުމާ ބެހޭ ގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކައިފަ އެވެ.

ފިރިމީހާގެ ކެއްކުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކަރީނާ ބުނީ، ސައިފަކީ ވަރަށް މޮޅު ކައްކާއެއް ކަމަށާއި، ހުރިހާއެއްޗެއް ވެސް ކައްކަނީ އޭނާ ކަމަށެވެ. ޕާސްތާ އާއި ޕިއްޒާ ފަދަ އެތަކެއް ބާވަތްތަކެއް ސައިފް ތައްޔާރުކޮށް އުޅޭ ކަމަށް ކަރީނާ ބުންޏެވެ.

އަދި އެމީހުން އަބަދުވެސް ގޭގައި ތިބުމަށް ލޯބި ކުރާ ކަމަށާއި، ރެސްޓޯރެންޓްތަކަށް ދިއުމުގެ ބަދަލުގައި އާއިލާ މީހުންނާއި ރަހްމަތްތެރިންވެސް ގެންނަނީ ގެޔަށް ކަމަށް ކަރީނާ ބުންޏެވެ. އެގޮތުން އޭނާއަށް ގޭގައި ފިރިއެއްގެ އިތުރުން ކައްކާއެއްވެސް ލިބިފައިވާ ކަމަށް ކަރީނާ ބުންޏެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް