
7D23B998-0ECF-4738-8306-3885E9D74918
ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ނެރުނު އަމުރު ކްރިމިނަލް ކޯޓުން ބާތިލް ކުރި މައްސަލަ އިސްތިއުނާފަށް ހައިކޯޓަށް ވެއްދުމުން އެ މައްސަލަ ބަލައި ނުގަނެ އެ ކޯޓުން އެ މައްސަލަ ބޭރުކޮށްލައިފިއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ހައިކޯޓަށް އެ މައްސަލަ ވެއްދި އިރު އޭނާ ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ގޮސްފައި ވަނީ ބޮޑެތި ދައުވާތަކެއް ދައުލަތުން އުފުލާފައިވަނިކޮށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޖިންސީ ކުށުގެ ހަތް ދައުވާއެކެވެ. އެއީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެކެވެ.
ހައި ކޯޓުން އެމައްސަލަ ބަލައިނުގަތީ އަމުރު އިސްތިއުނާފުކުރުމަށް އޮންނަ 48 ގަޑިއިރަށް ވުރެ ފަހުން ޕީޖީން މައްސަލަ ހުށަަހަޅާފައި ވާތީ އެވެ.