logoEN
Sto top
މަލީހު ވަކިކުރަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި

މަލީހު ވަކިކުރަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި

Admin

logo

2/28/2021, 4:36:05 PM

# މަލީހު ޖަމާލް# އެމްޑީޕީ

279639_3_ff8c456b52d10e8309880df7fdcf640d0ca68602_medium

ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްގެ މައްޗަށް އެމްޑީޕީން އިސްވެ ނަގަން ތާވަލްކޮށްފައިވާ އިތުބާރު ނެތް ކަމުގެ ވޯޓަށް އެ ޕާޓީން ތްރީ ލައިން ވިޕެއް ނެރެފި އެވެ.

Wamco

ސާދަ މެމްބަރުންގެ ސޮޔާއެކު މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް މަޖިލީހަށް އެެ މައްސަލަ ހުށަހެޅުއްވީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ނަމަވެސް މައުލޫމާތު ފުރިހަމަ ނޫން ކަމަށް ބުނެ މަލީހަށް ފޮނުވި ނޯޓިސް އޭނާ އަނބުރާ ފޮނުވާލެއްވި އެވެ. މިއަދު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން އެ ޕާޓީގެ މެންބަރުންނަށް ފޮނުވާފައިވާ ވިޕްލައިނަކީ އޭރު ފާސްކުރި ވިޕްލައިނާ ހަވާލާދީ ފޮނުވާފައިވާ ވިޕްލައިނެކެވެ. އޭގައިވާ ގޮތުން މަޖިލީހަށް މައްސަލަ ހުށަހަޅައި ފާސްކުރަން ކުރީގެ ވިޕްލައިންގައި ހިމަނާފައިވެއެވެ.

މަލީހުގެ މައްސަލަ މިހާރު ވަނީ މާދަމާގެ މަޖިލީހަށް އެޖެންޑާވެސް ކޮށްފަ އެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ މަޖިލިހަށް ހުށަހެޅި ލިޔުމުގައި ވަނީ ކޮމިއުނިކޭޝަން މިނިސްޓްރީން ހަދަން ޖެހޭ އެއްވެސް ގަވައިދެއް މަލީހު މަގާމުގައި ހުންނަވާތާ ދެ އަހަރުވީ އިރު ވެސް ހަދާފައިނުވާ ކަން ސާފުކޮށް އެނގޭ ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސް ކުރި ގޮތާ އެއްގޮތަށް އެ މައްސަލަ ވަނީ ރައީސްގެ ސަމާލު ކަމަށް ވެސް ގެނެސްފައެވެ. އެކަމާ ގުޅިގެން ރައީސް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. އެންމެ ފަހުން، އެ މައްސަލަ މަޖިލިހަަށް ވެއްދީ ޕީޖީ ލީޑަރު އަލީ އާޒިމެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside