ސާފްތާހިރިކަމުގެ ސެޓްފިކެޓް ނެތް ދޯނިތަކުން މަސް ނުގަންނަން މިފްކޯއިން ނިންމައިފި

mifco
މިފްކޯގެ ބޯޓަކަށް މަސް ކިރަނީ -- ފޮޓޯ: ސަން

އަންނަ މަހުން ފެށިގެން މިފްކޯއަށް މަސްކިރޭނީ ސާފުތާހިރުކަމުގެ ސެޓްފިކެޓް އޮންނަ ދޯނިފަހަރުތަކަށް އެކަނިކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޑިސެމްބަރު ފުރަތަމަ ދުވަހުން  ފެށިގެން މިފްކޯގެ ސެންޓަރުތަކާއި އެކުންފުނީގެ ބޯޓުފަހަރަށް މަސްކިރާއިރު، ފިޝަރީޒް މިނިސްޓްރީން މަސްވެރިކަމަށް ދޫކޮށްފައިވާ ލައިސެންސްގެ އިތުރުން މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީން ދޫކޮށްފައިވާ ސާފުތާހިރުކަމުގެ ސެޓްފިކެޓް (ހައިޖީނިކް ސެޓްފިކެޓް) އޮތްތޯ ޗެކްކުރާނެކަމަށެވެ. އަދި މި ސެޓްފިކެޓް ނެތް ދޯނިފަހަރުގެ މަސް އެކުންފުންޏަށް ނުގަންނާނެކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މިފްކޯގެ މި ނިންމުމަށް މަސްވެރިންގެ ފާޑު ކިއުން އަމާޒުވެފައިވާއިރު، މަސްވެރިން ބާނާ މަހަށް އަގު ނުލިބުމުގެ ޝަކުވާވެސް ވަނީ ވަރަށް ބޮޑުވެފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް