ބޮލީވުޑްގެ އަނބިންނާ ގުޅޭ ޝޯއެއް ނެޓްފްލިކްސަށް

ބޮލީވުޑްގައި މަސައްކަތް ކުރާ އެކްޓަރުންތަކެއްގެ އަނބިންގެ ވާހަކަ ގެނެސްދޭން ނެޓްފްލިކްސްއިން ތައްޔާރުވެއްޖެ އެވެ.

ސިލްސިލާކޮށް ގެނެސްދޭނެ ކަމަށް ބެލެވޭ މި ޝޯގެ ފުރަތަމަ ސީޒަނުގައި ހަތަރު އެކްޓަރެއްގެ އަނބިންގެ "ޕޮޝް" އަދި "ގްލެމަރަސް" ލައިފްސްޓައިލް ދައްކާނެ އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ޑިޖިޓަލް ކޮންޓެންޓަށް ހާއްސަ، ދަރުމެޓިކް އެންޓަޓައިންމަންޓްއިން ގެނެސްދޭ މި އުފެއްދުމަށް ދީފައިވާ ނަމަކީ "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" އެވެ.

މި ޝޯގައި ހިމެނެނީ އަނިލް ކަޕޫރްގެ ކޮއްކޮ ސަންޖޭ ކަޕޫރްގެ އަންހެނުން މަހީޕް ކަޕޫރާއި ސަލްމާން ޚާންގެ ކޮއްކޮ ސޮހައިލް ޚާންގެ އަންހެނުން ސީމާ ޚާނާއި ޗަންކީ ޕާންޑޭގެ އަންހެނުން އަދި ވިދަމުން އަންނަ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭގެ މަންމަ ބާވްނާ ޕާންޑޭގެ އިތުރުން ކުރީގެ މަޝްހޫރު ބަތަލާ ނީލަމް ކޮތާރީ އެވެ. އަށްޑިހަ އާއި ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ވިދައިލި ނީލަމަކީ އެކްޓަރު ސަމީރު ސޯނީގެ އަންހެނުންނެވެ.

މި މީހުންނާ އެކު "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށާނީ މި މަހުގެ 27 ގަ އެވެ. މީގެ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް