މިއީ ސަލްމާންއާ ގުޅޭ މާ ކުރީގެ ވާހަކައެއް!

ބޮލީވުޑްގެ ސުޕަސްޓަރ، ސަލްމާން ޚާން އާ ގުޅޭ ގޮތުން އެކި ފަހަރު އެކި އަޑު އަޑުއިވެއެވެ. އޭނާ ކައިވެނި ކުރަން އުަޅެނީއޭ ކަމަށްބުނެއާއި ކޮންމެވެސް ބަތަލާއެއް ބޮލީވުޑަށް ތައާރަފްކޮށްފިއޭ ކިޔައިގެން އެކި ފަހަރު އެކި އަޑުތައް ފެތުރެއެވެ.

މިފަހަރު ތިލަ ވެފައި މިވަނީ ބަތަލާ ޖޫހީ ޗާވްލާއާ ކައިވެނިކުރަން ސަލްމާން ހުށަހެޅި ވާހަކައެވެ. މިއީ މާ ކުރިން ހުނގާފައި އޮތް ކަމެކެވެ.މި އަޑުތައް ފެތުރެން ފަށާފައި މިވަނީ ސަލްމާން ވަރަށް ޒުވާން އިރު ދީފައިވާ އިންޓަވިއުއެއް އަނެއްކާވެސް މީހުންގެ ސަމާލުކަމަށް އައިސްގެންނެވެ.

މިހާރު އުމުރުން 54 އަހަރުގެ ސަލްމާނަށް އަންނަ މަހުގެ 27ގައި 55 އަހަރު ފުރޭނެއެވެ.

ޒުވާން އުމުރުގައި ދީފައިވާ އެ އިންޓަވިއުގައި ބުނެފައި ވަނީ "ޖޫހީ އަކީ ވަރަށް ލޯބި އަންހެން ކުއްޖެއް" ކަމަށެވެ. އަދި ޖޫހީއާ ކައިވެނިކުރަން ބޭނުންވެގެން އެ ވާހަކަ ސީދާ ޖޫހީގެ ބައްޕައާ ވެސް ދެއްކި ކަމަށް ބުންޏެވެ.

"އެކަމަކު ޖޫހީގެ ބައްޕަ އެއްބަހެއް ނުވި. ބުނީ ނޫނެކޭ،" ސަލްމާން ބުންޏެވެ.

ޖޫހީގެ އާއިލާ އިން ކައިވެނީގެ ހުށަހެޅުމާ އެއްބަސްނުވީ ކީއްވެތޯ ސުވާލުކުރުމުން ސަލްމާން ބުނީ ސީދާ ސަބަބެއް ނޭނގޭ ކަމަށެވެ.

"ހީވަނީ އަހަރެން ޖޫހީއާ އެކަށީގެން ނުވަނީހެން،" ސަލްމާން ބުންޏެވެ.

ސަލްމާނާއި ޖޫހީ މިހާތަނަށް އެކީގައި ފިލްމެއް ވެސް ކުޅެފައެެއް ނުވެ އެވެ. އެކަމަކު އަނިލް ކަޕޫރާއި ގޯވިންދާއާ އެކު އޭނާ 1997 ގައި ކުޅުނު "ދީވާނޭ މަސްތާނޭ" ގެ ހާއްސަ ފެނިލުމަކުން ޖޫހީއާ އެކު ސަލްމާން ފެނިފައިވެ އެވެ. އަދި އެއީ ދެ ބައިވެރިންގެ ގޮތުގަ އެވެ. ސަލްމާނާ އެކު ޖޫހީ ފިލްމެއް ނުކުޅުނު ނަމަވެސް ސަލްމާންގެ ކޮއްކޮ އަރްބާޒް ޚާން ބޮލީވުޑަށް ނުކުތް 1996 ގެ ފިލްމު "ދަރާރު" ގެ ބަތަލާ އަކީ ޖޫހީ އެވެ.

ސަލްމާންގެ އެ އިންޓަވިއު ބައްލަވާލެއްވުމަށް މި ލިންކަށްެ ފިއްތާލާށެވެ.

 

 

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް