
Fxb9rshaAAAHTcf
ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވި މައްސަލަ ހައްލުކޮށް އެސަރަހައްދުތަކަށް އަލުން ކަރަންޓު ދީފައިވާކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކާއިއެކު ހުޅުމާލޭ ބައެއް ސަރަހައްދުތަކުން މިއަދު ހެނދުނު ކަރަންޓް ކެނޑުނީ ހުޅުމާލޭގެ ވިނަރެސް ފްލެޓް ސަރަހައްދުގައި މަސައްކަތްކުރަމުން ދިޔަ ބައެއްގެ އަތުން އެ ސަރަހައްދުގެ ކަރަންޓު މައި ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެންނެވެ.
ސްޓެލްކޯ އިން ބުނީ، ގެއްލުން ލިބުނު ކޭބަލް މަރާމާތުކުރުމަށްފަހު މިހާރު އެސަރަހައްދުތަކަށް ކަރަންޓު ދީފައިވާ ކަމަށެވެ.
ހުޅުމާލޭގައި މަސައްކަތްކުރާ ބައެއް ކޮންޓްރެކްޓަރުން މަގު ކޮނުމުގެ ތެރޭގައި ކަރަންޓު ކޭބަލްތަކަށް ގެއްލުންވެ، ކަރަންޓު ކެނޑުމުގެ މައްސަލަ ދޭތެރެދޭތެރެއިން ދިމާވެއެވެ. ސްޓެލްކޯއިން ބުނެފައިވަނީ، ހުޅުމާލޭގައި މަގުތައް ކޮނުމުގެ މަސައްކަތްކުރާ ކޮންޓްރެކްޓަރުންނަށް ކޭބަލް ރޫޓްތަކާއި ގުޅުންހުރި ހުރިހާ މައުލޫމާތެއް އެ ކުންފުނިން ފޯރުކޮށްދީފައިވާނެ ކަމަށެވެ.
ގުޅުންހުރި

އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ސްޓެލްކޯއާއިއެކު މަޝްވަރާކޮށްފި

ހަންޏާމީދޫގައި ސްޓެލްކޯއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިންތިޒާމުތައް ބައްލަވާލެއްވުމަށް ކުންފުނީގެ އިސްވެރިން އެރަށަށް!

މަހިބަދޫގައި ސްޓެލްކޯއިން ދެމުންދާ ހިދުމަތްތަކުގެ އިންތިޒާމުތައް ބައްލަވާލެއްވުމަށް ކުންފުނީގެ އިސްވެރިން އެރަށަށް!




