
skynews-kashmir-bus-crash_6172905
އިންޑިއާގައި، ދަތުރުކުރަަމުން ދިޔަ ބަހެއް ފުރޮޅާލައި ބުރިޖަކުން ވެއްޓި 10 މީހަކު މަރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ކަޝްމީރުގެ އިންޑިއާއިން ކޮންޓްރޯލްކޮށްފައިވާ ސަރަހައްދުގައި ހިނގި މި ބަސް އެކްސިޑެންޓް ހިނގަން މެދުވެރިވީ އެ ބަހަށް އަރުވަން ޖެހޭވަރަށްވުރެ އިތުރަަށް މީހުން އަރުވައިގެން ދަތުރުކުރުމުގެ ތެރޭގައި ފުރޮޅާލައިގެންނެވެ.
މިހާތަނަށް 10 މީހަކު މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު، މިހާދަސާގައި އިތުރު 55 މީހަކު ޒަހަމްވެފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. މި ބަހުން ދަތުރުކުރި މީހުންނަކީ ހިންދޫންގެ އަޅުކަމެއްގައި ބައިވެރިވުމަށް ދަތުރުކުރި މީހުން ކަމަށް މީޑިއާތަކުގައިވަނީ ރިޕޯޓްކޮށްފައެވެ.
ދުނިޔޭގައި މަގުމަތީ އެކްސިޑެންޓްތަކުން މަރުވާ މީހުންގެ ނިސްބަތް އެންމެ ބޮޑު އެއް ގައުމަކީ އިންޑިއާ އެވެ. އެގޮތުން އަހަރަކު އެތައް ހާސް ބަޔަކު މަގުމަތީ އެކްސިޑެންޓްތަކުގައި މަރުވެގެން ރިޕޯޓްކުރެއެވެ. އިންޑިއާގައި ގިނަ އެކްސިޑެންޓްތައް ހިނގަން މެދުވެރިވަނީ ފަރުވާ ކުޑަކޮށް ދުއްވުމާއި، ރަނގަޅަށް ބެލެހެއްޓިފައި ނުވާ މަގުތަކާއި، ދުވަސްވީ ބައު އުޅަނދުތަކުގެ ސަބަބުންނެވެ.
ގުޅުންހުރި

ފަތުރުވެރިންނަށް އަމާޒުކޮށް ކަޝްމީރުގައި ނިރުބަވެރި ހަމަލާއެއް ދީފި: މަރުވި މީހުންގެ އަދަދު 20 އަށް!

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ އަވަހާރަވެއްޖެ

ވައި ތަޣައްޔަރުވާ މިންވަރު އިތުރުވެ، ދިއްލީގެ ސްކޫލްތައް ބަންދުކޮށް އިމާރާތްކުރުން މަނާކޮށްފި
