logoEN
ކޮކާކޯލާ
އެސްޓީއޯގެ ނިޕޯން ޕެއިންޓް ވެލިގާ ހާޑްވެއާއިން ލިބޭ ގޮތް ހަދައިފި

އެސްޓީއޯގެ ނިޕޯން ޕެއިންޓް ވެލިގާ ހާޑްވެއާއިން ލިބޭ ގޮތް ހަދައިފި

# އެސްޓީއޯ# ވެލިގާ ހާޑްވެއަރ# ނިޕޯން ޕެއިންޓް

PHOTO-2023-05-25-11-12-21

އެސްޓީއޯއިން އެތެރެކޮށް ވިއްކަމުން އަންނަ މަޝްހޫރު ނިޕޯން ޕެއިންޓް، ވެލިގާ ހާޑްވެއާއިން ލިބޭ ގޮތް ހަދައިފި އެވެ.

އަބުޅޯ

މި އުފެއްދުން ވެލިގާ އިން ވިއްކަން ފަށާފައިވަނީ އެސްޓީއޯ އާއި ވެލިގާއާ ދެމެދު ހެދިގެންދިޔަ ހާއްސަ އެއްބަސްވުމެއްގެ ދަށުންނެވެ. މިއާއެކު ވެލިގާ ޖަނަވަރީ މަގު އަދި ހުޅުމާލެ ފިހާރައިން ކަސްޓަމަރުން އާއްމުކޮށް ބޭނުންކުރާ ނިޕޯންގެ ހުރިހާ ވައްތަރެއްގެ ކުލައާއި ދަވާދު ތައްޔާރުކޮށް ކަސްޓަމަރުންނަށް އެސްޓީއޯއާ އެއް އަގެއްގައި ގަންނަން ލިބޭނެ ކަމަށް ވެލިގާއިން ވަނީ ބުނެފައެވެ.

undefined

"އަޅުގަނޑުމެން މިއަދު އެސްޓީއޯ އާއި ވެލިގާ ހާޑްވެއާ އާއެކު މި ވެވުނު އެއްބަސްވުމާއެކު ކަސްޓަމަރުންނަށް ބޭނުންވާ ޕްރޮޑަކްޓްތައް ފަސޭހަކަމާއެކު ވެލިގާގެ ފިހާރަތަކުންވެސް ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން މި ދިޔައީ. މިއާއެކު އަޅުގަނޑުމެންގެ އުންމީދަކީ ނިޕޯން ޕެއިންޓް މާކެޓްގައި އިތުރަށް ފުޅާވެގެން ދިޔުން" - އަބްދުލް މަޖީދު މުޙައްމަދު - ސްޓްރެޓެޖިކް ސޭލްސް މެނޭޖަރު، އެސްޓީއޯ

ވެލިގާގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު - ސޭލްސް، މުޙައްމަދު ރަމީޒު ވިދާޅުވީ، އެކުންފުނީގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯގައި މިހާތަނަށް އިން ވަރަށް ބޮޑު ގެޕެއް ނިޕޯން ޕެއިންޓާ އެކު ފުރިހަމަވެގެން ގޮސްފައިވާ ކަމަށެވެ އަދި ކޮންސްޓަރްކަޝަން ސޮލިއުޝަންގެ ހުރިހާ އުފެއްދުމެއްވެސް މިހާރު ވެލިގާއިން ލިބެން ހުންނާނެ ކަމަށް ރަމީޒު ވިދާޅުވި އެވެ.

undefined

ވެލިގާ ހާޑްވެއާގެ ހިދުމަތަށް 15 އަހަރު ފުރިފައިވާއިރު، ވެލިގާ އަލީ ރާއްޖޭގެ ހާޑްވެއާ ވިޔަފާރީގެ މަތީ ފަންތީގައި ގުނާލެވޭ، އަދި ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑްތަކެއްގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް މަސައްކަތްތެރިންނާ ހަމައަށް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. މިގޮތުން ފާހަގަކޮށްލެވޭ ބްރޭންޑްތަކުގެ ތެރޭގައި ސެލީސް، މެޓާބޯ، ނިފެކްސް، ވެރާ، ވީއާރުއެޗް، މެޑްކާ ފަދަ ބްރޭންޑްތައް ހިމެނެއެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ވެލިގާއިން ދެމުން އައި ފެންވަރު ރަނގަޅުކޮށް، ވީހައިވެސް އަވަހަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މާލެ، ހުޅުމާލެ، އެކުލެވޭގޮތަށް މިހާތަނަށް ވަނީ 5 ފިހާރައާއި ކޯޕަރޭޓް ކަސްޓަމަރުންނަށް ހާއްސަކޮށް ކޯޕަރޭޓް ކަސްޓަމަރ ސެންޓަރެއްގެ އިތުރުން ފާހާނާއާއި ގޭތެރެ ޑިޒައިން ކުރުމަށް ބޭނުންވާ ފެންވަރު ރަނގަޅު ސާމާނު ހާއްސަކޮށް "ބްލަންކް" ގެ ނަމުގައިވެސް މާލޭ އަދި ހުޅުމާލޭގައި ފިހާރައެއް ހިންގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ