logoEN
Sto top
!ފޭސް އާއި އިއުފަސް ކޮލިޖިއޭޓް ގުޅިގެން ފިޔޯރީގައި ޤާރީ ކޯހެއް

!ފޭސް އާއި އިއުފަސް ކޮލިޖިއޭޓް ގުޅިގެން ފިޔޯރީގައި ޤާރީ ކޯހެއް

# ފޭސް ޖަމްއިއްޔާ# ގދ.ފިޔޯރީ

151808586_850389912477755_5285305070159060999_n

ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) ޖަމްއިއްޔާ އާއި އިއުފިއަސް ކޮލިޖިއޭޓް ގުޅިގެން ފިޔޯރީގައި ހިންގުމަށް ހަމަޖެހިފައިވާ ޤާރީ ކޯސް ލެވެލް 3 އަދި 4 ފެށުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.

Wamco

މި ރަސްމިއްޔާތު ބޭއްވީ ފޭސް ޖަމްއިއްޔާގެ ތަދްރީސުލް ޤުރްއާން ކްލާހުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އަލްފާޟިލާ ޢާއިޝަތު އަހްމީމާ އެވެ. ރަސްމިއްޔާތުގައި، ރަށުގައި ޤުރުއާން ކިޔަވައި ދެއްވުމުގައި މަސައްކަތް ކުރައްވާ ބައެއް ފަރާތްތަކުގެ އިތުރުން ޤާރީ ކޯސް ލެވެލް 3 އަދި 4 ގެ ބައިވެރިން ބައިވެރިވެ ވަޑައިގަތެވެ.

undefined

މި ކޯސްތަކަކީ 2018 ވަނަ އަހަރުން ފެށިގެން ފޭސް ޖަމްއިއްޔާ އިން އިއުފިއަސް ކޮލިޖިއޭޓްއާއި ގުޅިގެން ހިންގަމުން އަންނަ ކޯސްތަކެކެވެ. މި ގޮތުން މި ބައިވެރިން ވަނީ ލެވެލް 1،2 އަދި 3 ފުރިހަމަ ކޮށްފައެވެ. މިއީ އެމްކިޔުއޭއިން ހުއްދަ ދީފައިވާ ކޯސް ތަކެކެވެ. ލެވެލް 3 އަދި 4 ގެ ކޯސް ޖުމްލަ 20 ބައިވެރިން ފުރިހަމަ ކުރާނެއެވެ.

ފޭސް ޖަމިއްޔާއަކީ 2015 ވަނަ އަހަރުން ފެށިގެން އިޖުތިމާއި ގޮތުން ފިޔޯރީގައި ކޮންމެ އަހަރަކުވެސް ގިނަ ޙަރަކާތްތަކެއް ހިންގަމުން އަންނަ ޖަމްއިއްޔާއެކެވެ. އެގޮތުން ބީ.އެޗް.އެމް.ގެ އެހީގައި ފިޔޯރީ ބަނދަރު ސަރަހައްދުގައި އިމާރާތްކޮށްފައިވާ މިސްކިތް ބެލެހެއްޓުމާއި، ތަދްރީސުލް ޤުރްއާން ގެ ނަމުގައި ޤުރްއާން ކްލާހެއް ހިންގުމާއި، ރަށުގެ ބަނދަރު ސަރަހައްދުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރަމުން ދިއުމާއި، ފޭސް އެކަޑަމީގެ ނަމުގައި ފުޓްބޯޅަ އެކަޑަމީއެއް ހިންގުމާއި، 2016 ވަނަ އަހަރުން ފެށިގެން އަލިގަދަ ތަރި ނަމުގައި ޤުރްއާން މުބާރާތެއް ބޭއްވުމާއި، އިޖުތިމާއީ ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ފިޠުރު ޣީދުގައި އީދު ސައި ނަމުގައި ރަށުގެ ރައްޔިތުންނަށް ސައެއް ބޭއްވުން ހިމެނެއެވެ. މީގެ އިތުރުންވެސް ފިޔޯރީގައި ޙަރަކާތްތަައް ބާއްވަމުން އަންނަ މި ޖަމްއިއްޔާއަކީ ފިޔޯރީގައި ހިންގާ އެންމެ ހަރަކާތްތެރި ޖަމްއިއްޔާއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside