
ފިޔޯރީ އާއި ނިލަންދޫގައި ގާއިމްކުރާ ކޯލްޑް ސްޓޯރޭޖާއި މަސް ފެކްޓަރީ 2027ގެ ކުރީކޮޅު ނިމޭނެ!
# ގދ.ފިޔޯރީ--
ގދ. ފިޔޯރީ އާއި ނިލަންދޫގައި ގާއިމްކުރާ ކޯލްޑް ސްޓޯރޭޖާއި މަސް ޕްރޮސެސިން ޕްލާންޓްގެ މަސައްކަތް 2027ގެ ކުރީކޮޅު ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތު ފުޅާކުރުމަށްޓަކައި އެ މަނިކުފާނު ވައުދުވެފައިވާ ގޮތަށް، ޅ. ފެލިވަރު، ގދ. ފިޔޯރީ އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމާއި، މަސް ޕްރޮސެސިންގ ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތްކުރުމާއި، ގދ. ތިނަދޫ، މ. މުލަކު، ގއ. ކޫއްޑޫ، އަދި ހއ. އިހަވަންދޫގައި ކޯލްޑް ސްޓޯރޭޖު ޤާއިމުކުރުމުގެ މަސައްކަތްކުރުމާއި، ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިއަހަރު ކުރިއަށްދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ފެލިވަރާއި ގދ ތިނަދޫގެ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް މި އަހަރު ނިމޭނެ ކަމަށާއި ހުޅުމާލޭ ބޮޑުކަންނެލި ފެކްޓްރީއާއި، ހއ. އިހަވަންދޫ، މ. މުލައް، ކޯލްޑް ސްޓޯރޭޖް އަދި ފެލިވަރު މަސް ޕްރޮސެސިން ޕްލާންޓުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށެވެ.
"ގދ. ފިޔޯރީ އާއި ފ. ނިލަންދޫގައި ޤާއިމުކުރެވޭ ކޯލްޑް ސްޓޯރޭޖް އާއި މަސް ޕްރޮސެސިން ޕްލާންޓްތައް 2027 ގެ ކުރީކޮޅު ނިމޭނެ. މީގެ ގިނަ މަޝްރޫއުތަކަކީ ބޭރުގެ ފަންޑިން އެޖެންސީތަކުން އެހީދީގެން ހިންގާ މަޝްރޫޢުތައް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފެލިވަރު ކޯލްޑް ސްޓޯރޭޖަކީ އިންޑިއަން އެގްޒިމް ބޭންކް ލޯނުގެ ދަށުން އަޅާ ފެސިލިޓީއެއް ކަމަށާއި މުލައް އަދި ކޫއްޑޫގެ މަޝްރޫއަށް ފަންޑު ކުރަނީ ސައުދީ ފަންޑުން ކަމަށެވެ. އިހަވަންދޫ ކޯލްޑް ސްޓޯރޭޖާއި،ހުޅުމާލެ ކަންނެލި ފެކްޓްރީއަކީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީއާއެކު ގާއިމުކުރާ ފެސިލިޓީއެއް ކަމަށާއި ފިޔޯރީއާއި ފ. ނިލަންދޫ މަޝްރޫއަށް ފައިނޭންސްކޮށްދެނީ ޗައިނާގެ ލޯން ފެސިލިޓީއަކުން ކަމަށެވެ.
ގުޅުންހުރި

ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

ފިޔޯރީ އާއި ނިލަންދޫގައި ގާއިމްކުރާ ކޯލްޑް ސްޓޯރޭޖާއި މަސް ފެކްޓަރީ 2027ގެ ކުރީކޮޅު ނިމޭނެ!

މެޗުގެ އެންމެ ފަހުވަގުތު ފިޔޯރީ ރޮއްވާލުމަށްފަހު ގައްދޫ ސެމީފައިނަލުން ޖާގަހޯދައިފި
