logoEN
Sto top
އެސްޓީއޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި 50 މީހަކު ތަމްރީންކުރަނީ

އެސްޓީއޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި 50 މީހަކު ތަމްރީންކުރަނީ

އަހުމަދު ޝުރާއު

logo

2/16/2021, 5:37:57 PM

# އެސްޓީއޯ

img_lg_202102160245101613468710.7882

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިސްނަގަގައިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ އެސްޓީއޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމު ތައާރަފްކޮށް، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިން އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ) އާ އެކު އިފްތިތާހްކުރުމުގެ އެމްއޯޔޫގައި ސޮއިކޮށްފި އެވެ.

Wamco

މި އެއްބަސްވުމުގައި އެސްޓީއޯގެ ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒްލާ އެވެ. އަދި ޓިވެޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ޓިވެޓް އޮތޯރިޓީގެ ޑިރެކްޓަރު އާމިނަތު އަސްރާ އެވެ.

"ފުލްޓައިމް އެންޕްލޯޔާ ބޭސްޑް ޓްރެއިނިން" ގެ ގޮތުގައި ވަޒީފާގެ މާހައުލުގެ ތެރެއިން މަސައްކަތުގެ ހުނަރު ދަސްކުރުމުގެ ފުރުސަތުގެ އިތުރުން ވަޒީފާގެ ދާއިރާގެ މަސައްކަތާ ގުޅޭ ގޮތުން އިތުރަށް އުގެނުމުގެ ފުރުސަތު މި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ޕްރޮގްރާމް ހިންގާނީ ޓިވެޓް އޮތޯރިޓީގެ ނެޝަނަލް ކޮމްޕީޓެންސީ ސްޓޭންޑާޑްގެ މިންގަނޑުތަކާއި ސަރުކާރުގެ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މިންގަނޑުތަކާ އެއްކޮށެވެ.

ޓިވެޓާ އެކު އެސްޓީއޯ އިން ހެދި އެއްބަސްވުމުގެ ދަށުން، 50 ބައިވެރިންނަށް ހަތަރު ދާއިރާއަކުން ތަމްރީނު ދޭނެ އެވެ. އެގޮތުން އޮޓޯމޯޓިވް މެއިންޓެނަންސް ދާއިރާއިން 10 މީހުން، ކޮމްޕިއުޓާ ހާޑްވެއާ އާއި ނެޓްވޯކިން ދާއިރާއިން ދެ ބައިވެރިން، އިލެކްޓްރިޝަން ދާއިރާއިން 10 މީހުން، ރީޓެއިލް ސާވިސަސް ދާއިރާއިން 36 މީހުން ތަމްރީނު ކުރަން ހަމަޖެހިފައިވެ އެވެ.

މި ޕްރޮގްރާމުން ފާސްވާ މީހުންނަށް ލެވެލް ތިނެއްގެ ނޭޝަނަލް ސެޓްފިކެޓް ލިބޭނެ އެވެ. އެސްޓީއޯ އިން ބުނީ މިޕްރޮގްރާމުން ފާސްވާ ބައިވެރިންނަށް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެ ކަމަށެވެ. އަދި މިޕްރޮގްރާމްގެ މަގުސަދަކީ ވަޒީފާގެ ބާޒާރަށް ދިވެހިން ބިނާކޮށް އަދާކުރާ ވަޒީފާއަކާ ގުޅޭ ތަމްރީން ލބިފައިވާ ފެންވަރު ރަނގަޅު ދިވެހިން އިތުރުކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside