
މަޑަވެލީ މިސްކިތު ގޯތިތެރޭގައި ހުރި ފެންތާނގީތަކަށް ބަޔަކު ކަޅުތެޔޮ އަޅައިފި
# މަޑަވެލި# މަޑަވެލި ކައުންސިލްމަޑަވެލި
ގދ. މަޑަވެލީ މަސްޖިދުލް ތަޤުވާގައި ހުންނަ ރައްޔިތުންގެ ފެންތާނގީ ތަކަށް ބަޔަކު ކަޅުތެޔޮ އަޅައިފިއެވެ.

މިކަމާއި ގުޅިގެން މަޑަވެލީ ކައުނސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފެންތާނގީ ތަކަށް ކަޅުތެޔޮ އަޅައިފައިވާ ކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން މިހާތަނަށް ބެލި ބެލުމުން 3 ތާނގީއަކަށް ކަޅުތެޔޮ އަޅައިފައިވާކަން ޔަޤީންކުރެވިފައި ކަމަށެވެ. އަދި މި ތާނގީ ތަކަކީ އެއް ލައިނަކުން ގުޅާލެވިފައިވާ ތާނގީތަކަށް ވުމުން މުޅި ފެންލައިނަށްވެސް ކަޅުތެލުގެ އަސަރުކޮށްފައިވާކަން ކައުންސިލް އިން ވަނީ ފާހަގަކޮށްފައެވެ.
މިވަގުތު ފެންތާނގީތައް ބޭނުން ކުރުން ހުއްޓާލައިފައިވާއިރު, ޑިޒާސްޓަރ މެނޭޖްމަންޓާއި ގުޅިގެން އެރަށަށް ފެން ލިބޭނެ އިންތިޒާމް ހަމަޖައްސަމުންދާކަން ކައުންސިލްގެ ބަޔާނުގައިވެއެވެ. އަދި އެ ތާނގީތައް ސާފުކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާކަން ވަނީ ފާހަގަ ކުރައްވާފައެވެ.
މި ދަށު ދަރަޖައިގެ އަމަލު މަޑަވެލި ކައުންސިލުން ވަނީ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ. އަދި މި ދަތި ހާލުގައި ރައްޔިތުން ކެތްތެރިކަމާއިއެކު ތިއްބެވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ގުޅުންހުރި

މަޑަވެލި ކައުންސިލުން ނައިބު ރައީސާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފި

މަޑަވެލި އަދި ހޯޑެއްދޫ ޒަމާނީ ކޯޒްވޭ އަކުން ގުޅާލުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމްޓީސީސީއިން ފަށައިފި

މަޑަވެލި ކައުންސިލްގެ މެމްބަރުންގެ ފަރާތުން އުނދަގޫ ކުރިމަތިވެ މަސައްކަތްކުރަން ދަތިވުމުން އެސްޖީ އިސްތިއުފާދީފި
