logoEN
cocacola
ފެނުމުން މަޙްރޫމުވެފައިވާ މީހުންނަށް އަމިއްލައަށް ވޯޓުލެވޭގޮތަށް އިސްލާހު ހުށަހަޅައިފި

ފެނުމުން މަޙްރޫމުވެފައިވާ މީހުންނަށް އަމިއްލައަށް ވޯޓުލެވޭގޮތަށް އިސްލާހު ހުށަހަޅައިފި

އައިޝަތު އިފާޝާ

logo

3/27/2023, 12:30:56 PM

Jeehaan

އިންތިޚާބުތަކުގައި ވޯޓުލާއިރު ފެނުމުން މަޙްރޫމުވެފައިވާ މީހުންނަށް އެމީހަކު އަމިއްލައަށް ވޯޓުލާން ބޭނުންވާނަމަ އެކަން މަގުފަހިކުރުމަށް އިންތިޚާބުތަކާއި ބެހޭ އާންމު ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ގޮސިޔާ

މި އިސްލާހު މަޖިލީހަށް ހުށަޙެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދެވެ. މިއަދު މަޖިލީހަށް މިބިލް ތަޢާރަފްކޮށް ފުރަތަމަ ކިޔުންވަނީ އިއްވާފައެވެ.

މި ބިލު ހުށަހެޅުމުގެ މަޤުޞަދަކީ އިންތިޚާބުތަކުގައި ވޯޓުލާ ފަރާތްތަކުގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމުގެ ފުރުޞަތު ފަހިކޮށް ދިނުމެވެ. އަދި އެފަރާތްތަކުން ވޯޓުލާއިރު އެކަމަށް ޚާއްޞަކޮށްފައިވާ ޕްލާސްޓިކް ޓެމްޕްލޭޓެއް މެދުވެރިކޮށް ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނެ އިންތިޒާމު، އެފަދަ ފަރާތްތަކުގެ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރެވޭނެ އުޞޫލަކުން ހަމަޖައްސައި ދިނުމެވެ.

ސަރުކާރުގެ ފަރާތުން ޤާނޫނަށް މި އިސްލާޙު ހުށަހަޅާފައިވާއިރު، ފެނުމުން މަޙްރޫމުވެފައިވާ މީހުންނަށް އަމިއްލައަށް ވޯޓުލުމުގެ ޙައްޤު ހޯދުމަށްޓަކައި، ކަމާއި ގުޅުންހުރި އިދާރާތަކާވެސް ވަނީ ބައްދަލުކޮށްފައެވެ.

މި ބިލުން ގެންނަ އިސްލާހަށް ބަލާއިރު ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދޭ މީހުންގެ ތެރެއިން ފެނުމުން މަޙްރޫމުވެފައިވާ މީހުންނަށް، އެހެން މީހެއްގެ އެހީތެރިކަމާއި ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖަހަން އެދޭނަމަ އެފުރުޞަތު ދެވިގެންދާނެއެވެ. އެގޮތުން އެފަދަ މީހުންގެ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރުމަށްޓަކައި، އެތެރެ ފެންނަ ޕްލާސްޓިކް ކާޑެއް ބޭނުންކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަޖެހިދާނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ވޯޓުކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތަކާއެކު މިފަރާތްތަކަށް ވޯޓުލެވޭނެ ގަވާއިދެއް އިލެކްޝަން ކޮމިޝަނުން ހަމަޖެހޭނެކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ވޯޓު ކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ވޯޓު ކަރުދާސް ޙަވާލުކުރަންވާނީ އެވޯޓު ކަރުދާސް، ވޯޓު ކަރުދާހުގެ ޓެމްޕްލޭޓުގެ ތެރެއަށް ލުމަށްފަހުކަމަށް އިސްލާހުގައި ވެއެވެ. މިގޮތަށް ވޯޓުލާ ފަރާތްތަކުންވެސް ވޯޓު ކަރުދާސް ފޮއްޓަށް ލާންވާނީ ވޯޓުގެ ސިއްރުކަން ނުގެއްލޭނެގޮތަށް ކަރުދާސް ފަތްޖަހައިފައިކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

އިންތިޚާބުތަކާއި ބެހޭ އާންމު ޤާނޫނަށް މި އިސްލާހު ހުށަހަޅާފައިވާއިރު، މަޖިލީހުގައި މިހާރުވެސް މި ބިލަށް ހުށަހެޅުނު އެހެން އިސްލާހުތަކެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ