އައިޖީއެމްއެޗަށް އިމަޖެންސީގައި ރޭ ދަންވަރު ގެންދިޔަ މީހަކު މަރުވި ފަހުން ޓެސްޓްކުރިއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
މަރުވި މީހާއަކީ އުމުރުން 59 އަހަރުގެ ދިވެހި އަންހެނެކެވެ. މިއާ އެކު، ރާއްޖެ އިން ކޮވިޑް ޖެހިގެން 50 ދިވެހިންނާއި އަށް ބިދޭސީން ވަނީ ނިޔާވެފައެވެ.
މިއީ، ރާއްޖެއިން ކޮވިޑުގައި މިއަދު މަރުވި ދެ ވަނަ މީހާގެ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްއީއޯސީ)ން ވަނީ ކަނޑައަޅައިފަ އެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދިން މީހަކު ވެސް ރޭ ދަންވަރު މި ބަލީގައި ވަނީ މަރުވެފަ އެވެ.
މިއަދު ކޮވިޑުގެ ދެ ވަނަ މަރާ އެކު ރާއްޖެ އިން މި ބަލީގައި މަރުވި އަދަދު ވަނީ 58 އަށް އަރައިފަ އެވެ.
މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 17507 އަކަށް އަރާފައިވާއިރު އޭގެ ތެރެއިން 15،142 މީހަކު ވަނީ ރަނގަޅުވެފަ އެވެ.