logoEN
ޕީއެންސީ 2
 ރައީސް ސޯލިހް ވެގެންދާނި އެއް ދައުރުގެ ތެރޭގައި 6 އެއާޕޯޓު ހުޅުވާނެ ފުރަތަމަ ރައީސަށް - އާޒިމް

ރައީސް ސޯލިހް ވެގެންދާނި އެއް ދައުރުގެ ތެރޭގައި 6 އެއާޕޯޓު ހުޅުވާނެ ފުރަތަމަ ރައީސަށް - އާޒިމް

އަހުމަދު ޝުރާއު

logo

3/15/2023, 11:45:57 PM

# އެމްޓީސީސީ

FrRuYbDacAEJ4ZL

އެމްޓީސީސީގެ އަމާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރު ނިމުމުގެ ކުރިން މިހާރު އެކުންފުނިން ތަރައްޤީކުރަމުން އަންނަ ތިން އެއާޕޯޓެއްގެ މަސައްކަތް ނިންމުމަށް ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ޝަރީ 2024

ގދ ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް މިރޭ އެރަށުގައި ކުރިޔަށްދިޔަ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް އަޅައިދިން، ހޯރަފުށީ އެއާޕޯޓާ، މާވަރުލު އެއާޕޯޓާ، ފަރެސްމާތޮޑާ އެއާޕޯޓަށް ފަހުގައި އެމްޓީސީސީން، މިހާރު މަސައްކަތް ކުރަމުން އަންނަނީ މުލީ އެއާޕޯޓާއި ށ މަގޫދޫ އެއާޕޯޓުގެ އިތުރުން އަލިފުށީ އެއާޕޯޓުގެ ރަންވޭގެ ތާރު އަޅަން ފެށުމަށް ކުރަމުން އަންނަ މަސައްކަތް ކަމަށެވެ.

އެގޮތުން އަންނަ އޭޕްރިލް މަހުގެ ތެރޭގައި މުލީ އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ފެށޭނެ ކަން އާޒިމް ވަނި މިރޭގެ ޖަލްސާގައި އިއުލާނުކޮށްފައެވެ. އަދި މަގޫދޫ އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ޖޫން މަހުގެ ތެރޭގައި ފެށޭނެ ކަމަށާއި އަލިފުށީ އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް އޮގަސްޓު މަހުގެ ތެރޭގައި ފެށޭނެކަން އާޒިމް ވަނި ފާހަގަކުރައްވާފައެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީއިން މަސައްކަތް ކުރަމުން ގެންދަނީ ރައީސް ސޯލިހްގެ ދައުރުގެ ތެރޭގައި މި ތިން އެއާޕޯޓުގެ މަސައްކަތްވެސް ނިންމުމަށެވެ. އަދި އެއާޕޯޓުތަކާއި އެކު ރައީސް ސޯލިހް ވެގެންދާނީ އެއް ދައުރުގެ ތެރޭގައި 6 އެއާޕޯޓު ހުޅުވި ފުރަތަމަ ރައީސަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

" ރައީސް ސޯލިހު ވެވަޑައިގަންނަވާނީ، އެއް ދައުރެއްގެ ތެރޭގައި، 6 އެއާޕޯޓު ތަރައްޤީކޮށް ހުޅުވާ ދެއްވާ، ފުރަތަމަ ރައީސަށް" އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ މި ހުރިހާ އެއާޕޯޓު ތަކަކީ، ރައީސްގެ ޖަޒީރާ ވަންތަ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް، ކުރިއަށް ގެންދަން، މި ސަރުކާރުން، އެ ކުންފުންޏާ ޙަވާލު ކޮށްގެން، ނިންމަމުން ގެންދާ އެއާޕޯޓުތަކެއް ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ