logoEN
ޕީއެންސީ 2
ކޮވިޝިލްޑް ވެކްސިން ރާއްޖޭގެ އާބާދީގެ ފަސް ޕަސެންޓަށް ދެވިއްޖެ

ކޮވިޝިލްޑް ވެކްސިން ރާއްޖޭގެ އާބާދީގެ ފަސް ޕަސެންޓަށް ދެވިއްޖެ

އަހުމަދު ޝުރާއު

logo

2/12/2021, 2:29:42 PM

DSC_5365

ކޮވިޑް-19 އިން ދިފާއުވުމަށްޓަކައި ރާއްޖޭގައި ކުރިޔަށް ގެންދާ ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އާބާދީގެ ފަސް ޕަސެންޓް މީހުން ކޮވިޝިލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.

ޝަރީ 2024

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު އިއްޔެ އެކަނި ވެސް 5،166 މީހަކަށް ކޮވިޑް ވެކްސިން ދީފައި ވެ އެވެ. މިއީ ރާއްޖޭގައި ވެކްސިން ދޭން ފެށި ފަހުން، އެއް ދުވަހެއްގައި އެންމެ ގިނަ މީހުންނަށް ވެކްސިން ދިން ދުވަހެވެ. ރާއްޖޭގައި ވެކްސިން ދޭން ފަށާފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.

އެޗްޕީއޭއިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިއްޔެ އެކަނިވެސް މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ހަތް ސެންޓަރުން 4،257 މީހުންނަށް އަދި ރަށްރަށުގެ 55 ސެންޓަރަކުން 909 މީހަކަށް ކޮވިޑް ވެކްސިން ދީފައި ވެ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލާތު އެންމެ ގޯސް މާލެ ސަރަހައްދުން މިހާތަނަށް 20،960 މީހަކަށް ވެކްސިން ދީފައި ވެ އެވެ. އަދި ރަށްރަށުގައި ވެކްސިން ދީފައިވަނީ 4،367 މީހަކަށެވެ. މިއާއި އެކު ރާއްޖެއިން ޖުމްލަ 25،327 މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައިއެވެ. މިއީ ރާއްޖޭގެ އާބާދީގެ ފަސް ޕަސެންޓެވެ. ބިދޭސީން ވެސް ހިމަނައިގެން ރާއްޖޭގެ އާބާދީ 500،000 އަށް މައްޗަށް މިވަނީ އަރާފައެވެ.

ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާއިން ހަދިޔާކޮށްފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ. އަދި ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ