.jpg?w=3840&q=75)

.png?w=3840&q=75)


.jpeg?w=3840&q=75)


.jpeg?w=3840&q=75)
firushan
ވެކްސިން ނުޖެހުމަށް އިދިކޮޅުން ދޭ މެސެޖާއި ދޭތެރޭ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭކަމަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.
ފިރުޝާން ފޭސްބުކްގައި ޑރ ޖަމީލް ވެކްސިން ޖެހި ފޮޓޯއަކާއެކު ކުރި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި "އިންޑިއާގެ ވެކްސިން ނުޖަހަން ޕީޕީއެމް މެމްބަރުންނަށް އިރުޝާދު ދީ ފިތުނަ ފަސާދަ އުފައްދަވަން މަސައްކަތްކުރި ، އެހެންނަމަވެސް އެންމެފަހުން ވެކްސިން ޖަހައިފި" ކަމަށެވެ.
" މިވެރިން މި ދޭ މެސެޖްތަކާއި ދޭތެރޭ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ. ރައްޔިތުންގެ ހެވަށް އެދިގެން އެއްވެސް ވާހަކައެއް އެއްވެސް ކަމެއް މިހާތަނަށް ކޮށްފައިވޭތޯ؟" ފިރުޝާން ކުރި ޕޯސްޓުއްގައި ވެއެވެ.
ފިރުޝާން މިހެން ވިދާޅުވެފައި މިވަނީ، އިންޑިއާއިން ގެނައި ކޮވިޝީލްޑް ވެކްސިން އާ ގުޅޭ ގޮތުން އިދިކޮޅުން ތަފާތު ގިނަ ވާހަކަ ތަކެއް ދައްކާ އެވިކްސިންއާއި މެދު ސުވާލު އުފައްދަމުން އަންނަ ދަޅިވަޅެއްގައި އެވެ.
.jpg?w=3840&q=75)

.png?w=3840&q=75)

