-1791455226200.jpeg?w=3840&q=75)








255110-30b8d652-4
މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަަށްފަހު ނައިބު ރައީސް ފައިސަލް ނަސީމް މިއަދު މެންދުރުފަހު މާލެވަޑައިގެންފިއެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި މީހުންދިރިއުޅޭ ރަށްތަކުގެ ތެރެއިން ވަޑައިގެންނެވީ އެއަތޮޅު، އިނގުރައިދޫ، އިންނަމާދޫ، މާކުރަތު، އަދި ދުވާފަރަށެވެ. މިރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާއި، އ.ތ.މ ކޮމިޓީތަކާއި ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ.
އަދި މިރަށްރަށުގެ ސިއްޙީ މަރުކަޒުތަކަށާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި، އެތަންތަނުގެ ހާލަތު ބައްލަވައި މަޝްރޫޢުތައް ހިނގަމުންދާ ގޮތް ނައިބު ރައީސް ބައްލަވާލެއްވިއެވެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ، ރ ވަންދޫ، ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ފެސިލިޓީއަށް ވެސް ޒިޔާރަތް ކުރައްވާފައެވެ. މިޒިޔާރަތުގައި ވެމްކޯއިން އެރަށުގައި ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހޯއްދަވައި، މަސައްކަތްތައް ކުރިޔަށްދާ ގޮތް އެމަނިކުފާނު ބައްލަވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރ.އަތޮޅަށް ކުރެއްވި މިދަތުރުފުޅުގައި ހޮނިހިރު ދުވަހުގެ ރޭ ދުވާފަރަށް ވަޑައިގެން "ރ. ޓުއަރިޒަމް އެކްސްޕޯ 2022" ގެ އެވޯޑު ދިނުމުގެ ޙަފްލާ ޝަރަފްވެރިކޮށްދެއްވިއެވެ. މިޙަފްލާގައި، "ރ. ޓުއަރިޒަމް އެކްސްޕޯ 2022" ގެ އަތްތެރި މަސައްކަތުގެ މައުރަޒުން ރަންވަނަ ހާޞިލުކުރި ފަރާތްތަކަށާއި، އަތޮޅު ރިސޯޓް އެވޯޑް ޙާސިލުކުރި ދެ ރިސޯޓަށް އެވޯޑް ހަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ، މި ޙަފްލާގައި، ރ. އަތޮޅު ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ.
-1791455226200.jpeg?w=3840&q=75)







