
Raees-Ibrahim-Mohamed-Solih
އުނގަންނައިދިނުމުގައި ޓީޗަރުން އަދާކުރާ އިޚްލާޞްތެރި ބުރަ މަސައްކަތަށް އެންމެންވެސް އެފަރާތްތަކަށް ދަރާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް ކުރެއްވީ ޓްވީޓެއްގައެވެ.
ރައީސް ސާލިޙް ވިދާޅުވީ، ޓީޗަރުން އަޅުގަނޑުމެންގެ މައްޗަށް ދޫކޮށްލާ ހެޔޮ ތަސައްވުރަކީ ދާއިމީ ކަމެއް ކަމަށެވެ. އަދި އަޅުގަނޑުމެންގެ ދަރިންނަން ރަނގަޅު މަގު ދައްކައި ތައުލީމު އުނގަންނައިދިނުމަށް އިޚްލާޞްތެރިކަމާއެކު ބުރަކޮށް މަސައްކަތްކުރައްވާ ޓީޗަރުންނަށް އަޅުގަނޑުމެން އެންމެވެސް ދަރާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
ޓީޗަރުންގެ އަގުވަޒަންކޮށް ރައީސް ސާލިޙް ވަނީ ޓީޗަރުންގެ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.
ޓީޗަރުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުގައެވެ. ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައިވެސް މި ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ.












.jpg?w=3840&q=75)



