
l_2020_07_23_111544_5oygizh3eurl16x2tc4d9n7vpqfawsj8bkm_EN_
ރާއްޖޭގައި މިހާރު ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ޑެންގީ ހުން ޖެހިގެން ޒުވާނަކު ނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބޭގޮތުގައި ނިޔާވެފައިވަނީ ތޮއްޑޫއަށް އުފަން އުމުރުން 19 އަހަރުގެ އާދަމް ވިޔާމެވެ.
ވިޔާމްގެ އާއިލާ މީހަކާއި ހަވާލާދީ ރާއްޖޭގެ ނޫހެއް ކަމަށްވާ " ވަން އޮންލައިން " އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވިޔާމް ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައި ޑެންގީ ހުމަށް ފަރުވާ ހޯދަމުން ދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައި އެވެ.
އާއިލާއިން ބުނާ ގޮތުގައި ވިޔާމް އަކީ ތެލެސީމިއާ ބީޓާ ކެރިއަރެއް ކަމަށާއި ޑެންގީ ޖެހުމުގެ ސަބަބުން އޭނާގެ ލިވާވެސް ވަނީ ފެއިލްވެފައި އެވެ.
ވިޔާމްގެ ކަށުނަމާދު އޮތީ މިއަދު އަސުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އެވެ.
މަދިރިން ފެތުރޭ ޑެންގީ ހުން ޖެހިގެން މިއީ ވޭތުވެދިޔަ 24 ގަޑި އިރު ތެރޭ ރާއްޖެއިން ނިޔާވީ ދެވަނަ މީހާއެވެ. އިއްޔެ އުމުރުން އަށް އަހަރުގެ ކުއްޖަކުވެސް ވަނީ މި ބަލީގައި ނިޔާވެފައެވެ.
















