
vote-pr6wry9vqk7wl3xa7rzhy7cb9scmbe6wgysgqvu7a0
7 ރަށެއްގެ ބައި އިލެކްޝަން އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.
އީސީން އާންމުކޮށްފައިވާ ގޮތުގައި ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ށ. މާއުނގޫދޫ، ރ. ރަސްމާދޫ، ތ. ގުރައިދޫ، ލ. ދަނބިދޫ، ވ. ތިނަދޫ، ވ. ފެލިދޫ އަދި ހއ. ހޯރަފުށީގައެވެ.
އެގޮތުން ށ. މާއުނގޫދޫ ކައުންސިލް މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން އޮންނާނީ އޮކްޓޫބަރު މަހު އެއްވަނަ ދުވަހު އެވެ.
އޭގެ އިތުރުން ވ. ތިނަދޫ، ވ.ފެލިދޫ އަދި ހއ.ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން އޮންނާނީ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
ށ. މާއުނގޫދޫ ކައުންސިލް މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ވ. ތިނަދޫ، ވ. ފެލިދޫ އަދި ހއ. ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް މިހާރު ވަނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އަންހެނުންގެ ކޮމިޓީތަކުގެ 11 ބައި އިލެކްޝަން އަދި މި އަހަރުގެ މިހާތަނަށް 20 ބައި އިލެކްޝަން ބާއްވާފައިވެ އެވެ. ކޮންމެ ބައި އިލެކްޝަނަކަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރަންޖެހެ އެވެ.



.jpeg?w=3840&q=75)




.jpeg?w=3840&q=75)



