.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

h1v92VgpHUxg9Y2hJrir
ޖާސޫސު ކުރުމަށް ގެންގުޅޭ ބަޓަން ކެމެރާތަކެއް ފެނިގެން ޖާސޫސްކުރަން އުޅުނު ކަމުގެ ތުހުމަތުގައި އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ރޭ ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
ފުލުހުން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދެ ބިދޭސީއަކު ހައްޔަރުކުރީ އެ މީހުން ގެންގުޅުނު ލަގެޖެއް އެއާޕޯޓްތެރެއަށް ދޫކޮށްލާފައި އޮތުމުން އެ ބަލައި ފާސްކުރި އިރު ދަބަހުގައި އޮތް ގަމީހަކުން ބަޓަން ކެމެރާއެއް ފެނިގެން ކަމަށެވެ.
އެގޮތުން ފުލުހުން އެމައްސަލައާއި ގުޅިގެން ހައްޔަރުކުރީ ދެމީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހާފައެވެ.
މި މައްސަލައާއި ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ދީފައި ނުވިނަމަވެސް މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރީ ދެމީހުން ނިސްބަތްވަނީ އިންޑިއާއަށެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދެމީހުންގެ އިތުރުން އެމީހުންނާއި އެކު އިތުރު ބަޔަކު ތިބި ކަން އެނގިފައިވީ ނަމަވެސް ހައްޔަރުކުރުމުގެ ކުރިން އެމީހުން ވަނީ ރާއްޖެ ދޫކޮށް ގޮސްފައެވެ.
.jpeg?w=3840&q=75)


