
.jpg?w=3840&q=75)



.jpeg?w=3840&q=75)



A guest points to a new MacBook Pro during an Apple media event in Cupertino
މެކްބުކްސް ގައި ޓަޗްސްކްރީން ނުހުންނަނީ ކީއްވެބާ؟ މިސުވާލަކީ އަހަރެމެން އެންމެންވެސް މެކްބުކްގެ އެންމެ ފަހުގެ މޮޑެލް ނިކުންނަ ކޮންމެފަހަރަކު ކުރާސުވާލެކެވެ.
ފަހަކަށް އައިސް ކުރީގެ ގިނައަދަދެއްގެ ފީޗާސްތައް އެޕަލް އިންވަނީ އާމެކްބުކް ތަކުގައި ހިމަނާފައެވެ. އޭގެތެރޭގައި އެޗްޑީއެމްއައި ޕޯޓް އެސްޑީ ކާޑު ސްލޮޓް އަދި މެގްސޭފް ޗާގިން ހިމެނެއެވެ. ނަމަވެސް އަހަރެމެން އެންމެން ބޭނުންވާ ފީޗަރ އެއްކަމަށްވާ ޓަޗްސްކީރް ގެ ފީޗަރ އަދިވެސް މެކްބުކަކުން ފެނިންގެން ދާނެ ފަދަ ފެހިސިގްނަލްއެއް އެޕަލްގެ ފަރާތުން ލިބިފައެއް ނެތެވެ.
އެޕަލް އިން ބޭނުންވަނީ ފުރިހަމަ އެޕަލް އެކްސްޕީރިއަންސް ހޯދުމަށް މެކްބުކް އަކާއި އައިޕެޑެއް ގަތުމަށް ކަމަށް ގިނަ އެނަލިސްޓުން ގަބޫލުކުރެއެވެ. އެގޮތުން މިކަމަށް ބާރުދޭކަންކަމުގެ ތެރޭގައި މެކްބުކް އޯއެސް ގައި އައިޕެޑާ އެއްގޮތް ފީޗާސް ތައް މިފަހަކަށް އައިސް ހިމަނާފައިވުމުން ކަމަށް ގިނަބަޔަކު ދެކެއެވެ.
އެޕަލްއިން ޓަޗްސްކީރީން މެކެއް އުފައްދަން މަސައްކަތް ކުރުމުގެ އެއްހެއްކެއްގެ ގޮތުގައި ޓަޗްބާ ބެލެވިދާނެއެވެ. އެގޮތުން ޓަޗްބާއަކީ އެންމެ 60 ޕިކްސެލް ގެ ކުޑަސީކްރީނެއްކަމުގައި ވިއަސް އެބެލެވޭނީ ތަޗްސްކީރީނެއްގެ ގޮތުގައެވެ. އެކަމަކު އެޕަލްގެ މި އެކްސްޕެރިމެންޓް ގިނަބައެއްގެ ފާާޑުކިޔުންތައް ލިބި ފަހުގެ މެކްބުކްތަކުން ނަގާފައިވުމަކީ އެޕަލް އިން އިތުރަށް ޓަޗްސްކްރީނާ ދުރުވާނެކެމުގެ އިތުރު ހެއްކެއްކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

.jpg?w=3840&q=75)


