







DSC_9822
އިޖްތިމާއީ ތިން ދާއިރާއަކުން ހާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެ އޮފީހުން އޮޓިޑް ހަދަން ނިންމާފައިވަނީ ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކާއި ސާފު ފެނާއި ނަރުދަމާ އަދި ކުނި މެނޭޖް ކުރުމާ ގުޅޭގޮތުން ކަމަށެވެ.
އެ އިއުލާނުގައި އެ އޮފީހުން ވަނީ އެ މަސައްކަތްތަކަށް އާންމުގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުނެފައެވެ.
Auditor General's Office is conducting a Performance Audit on Protected areas. We would like to get the public’s contribution to perform an effective Audit. We welcome you to contribute to the Audit using the link given below:https://t.co/VwNm01Wbln pic.twitter.com/Sr2eMmfqNS
— AGO (@AuditMV) June 10, 2022
އިއުލާނުގައި ބުނެފައި ވަނީ އެ މީހަކު ބޭނުން ދާއިރާއަކަށް އޮޑިޓް އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް މައުލޫމާތު ހުށަހެޅޭނެ ކަމަށާއި އެ އޮފީހަށް ލިބޭ މައުލޫމާތުތައް ރައްކާތެރިކަމާއެކުގައި ހުންނާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީ ވަނީ ރާއްޖޭގެ ގިނަ ސަރަހައްދުތަކެއް މިހާރު ވެސް ހިމާޔަތް ކޮށްފައެވެ. އަދި ރައްކާތެރި ގޮތުގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެގޮތުން މި މަހުން ފެށިގެން ވަނީ އެކި ބާވަތްތަކުގެ ކުނި ވަކިކޮށް އުކަން އަންގައިފައެވެ.



