
228407-80ed4fe7-9-1536x1024
ޖަޕާނާއި އީޔޫ އަދި ބެލްޖިއަމަށް ސަފީރުން ކަނޑައަޅައި، އެ ބޭފުޅުންނަށް ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު އަރުވައިފިއެވެ.
ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ގަލޮޅު ފިޔާތޮށިގެ ޙަސަން ޞާބިރު އެވެ. ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ހެންވޭރު ހިކިފިނިފެންމާގެ ޢުމަރު ޢަބްދުއްރައްޒާޤު ހަމަޖެއްސެވި އިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިއަދު އެ ދެ ބޭފުޅުންނަށް ސަފީރު ކަމުގެ ފަތްކޮޅު ދެއްވައިފިއެވެ.
ޙަސަން ޞާބިރު މި މަޤާމަށް ޢައްޔަމުކުރެއްވުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ޙަސަން ޞާބިރު ކުރިން ހުންނެވި މަޤާމުކަމުގައިވާ ކިންގްޑަމް އޮފް ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުން ވަކިކުރައްވާފައެވެ. ޙަސަން ޞާބިރު ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ މިނިސްޓަރުންނާއި އެއް ފެންވަރުގައެވެ.
ޢުމަރު ޢަބްދުއްރައްޒާޤު މި މަޤާމަށް ޢައްޔަމުކުރެއްވުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ޢުމަރު ޢަބްދުއްރައްޒާޤު ކުރިން ހުންނެވި މަޤާމުކަމުގައިވާ ސްރީ ލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުން ވަކިކުރައްވާފައެވެ. ޢުމަރު ޢަބްދުއްރައްޒާޤު ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރުންނާއި އެއް ފެންވަރުގައެވެ.
މިނިސްޓަރުންނާއި އެއްފެންވަރެއްގައި އައްޔަން ކުރެއްވުމުން މިނިސްޓަރުންނަށް ލިބޭ ވަރުގެ މުސާރައެއް ލިބިވަޑައިގަންނަވާނެއެވެ. ސްޓޭޓް މިނިސްޓަރަކާއި އެއްފެންވަރެއްގައި އައްޔަން ކުރެއްވުމުން ސްޓޭޓް މިނިސްޓަރެއްގެ މުސާރަ ލިބިވަޑައިގަންނަވާނެއެވެ.
















