
.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)




228297_c1f50d14-c_
ދުނިޔޭގެ އިގްތިޞާދަށް ކުރިމަތިވަމުންދާ ކަންތައްތަކާއި، ދިމާވާ އެކި ހާދިސާތަކުގެ ސަބަބުން އިގްތިސާދީ ގޮތުން ރާއްޖެއަށް ގޮންޖެހުންތަކެއް އެބަހުރިކަމަށާއި، އެހެން ކަމުން ސަރުކަރުގެ ތަރައްގީގެ މަޝްރޫއުތަކަށް ބަދަލު ގެނެސް، ރާއްޖެ ރަނގަޅު މިސްރާބަކަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ނިޒާމް ތަންފީޒުކުރަން ހުރި ގޮންޖެހުންތައް ބަލައި އެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ކައުންސިލަރުންނާ އެކު އއ. އުކުޅަހުގައި ދެ ދުވަހުގެ މުއްދަތަކަށް ބޭއްވި 'ވިއަވެތި ރާއްޖެ' މާހާނިސްތާ ނިންމާލުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވާ ކޮންމެ ކަމެއްގެ އަސަރު ރާއްޖެއަށް ކުރި ނަމަވެސް، ރާއްޖޭގެ އިގްތިސާދީ ދުވެލި ހުރީ ރަނގަޅު މިސްރާބެއްގައި ކަމަށެވެ.
ހަރަދުތައް ބޮޑުވުމާ އެކީގައި ޕްރޮޖެކްޓްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ރަނގަޅު މިސްރާބަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެންދާނަން -- ރައީސް ސޯލިހު
ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިއާއަށް އުފުލުމާއި، ޤައުމުތަކުގެ މާލީ ހާލަތަށް ދިމާވާ ކަންކަމުގެ އަސަރު ރާއްޖެއަށް ކުރާނެކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއްކަމަށާއި އިގްތިސާދީ ދަތިކަން ވީހާވެސް ކުޑަކުރުމަށްޓަކައި މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅު އަޅައި، ބައެއް މަޝްރޫއުތައް ގެންނަން ޖެހޭ ބަދަލު ގެނެސް ރަނގަޅު މިސްރާބަށް އަމާޒު ހިފާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ޔުކްރެެއިންގައި ހިނގަމުން އެދާ ހަނގުރާމައިގެ އަސަރު އިންތިހައަށް އެބަކުރޭ. ގޮދަނާއި ކާބޯތަކެތި އެންމެ ގިނައިން އުފައްދާ ދެޤައުމުގެ ތެރޭގައި ހިމެނޭ ދެޤައުމު. އެދެޤައުމުން އެއްޗިއްސެއް ބޭރެއް ނުކުރެވޭ. މުދަލުގެ އަގު އިންތިހާއަށް ބޮޑުވެއްޖެ. އަޅުގަނޑުމެން ބަޖެޓްކޮށްފައި ހުރި މިންވަރުގެ އެތައް ގުނައެއް ޚަރަދު ކުރަން އެބަޖެހޭ --- ރައީސް ސޯލިހު
ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުން އަންނަ ކަމަށް ރައީސް ވިދާޅުވެފައި ވާއިރު، އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހިސާބަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކު ކަމަށްވާ ޖޭޕީމޯގަން އިން ވަނީ މިދިޔަ ހަފްތާގައި ބުނެފަ އެވެ. އެކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ، ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށާއި ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)



