.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)






rr
މިއަހަރުގެ ފެބްރުއަރީގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީގެ އަދަދަށްވުރެ %17.6 އިތުރަށް އާމްދަނީ ވަދެފައިވާ ކަމަށް މީރާއިން ބުނެފިއެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ ފެބުރުވަރީގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ ފެބުރުވަރީ ގައި ލިބިފައިވާ އާމްދަނީގެ އަދަދު ވަނީ %40.1 އަށް އިތުރުވެފައެވެ. އެއީ ފެބްރުއަރީގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށްވުރެ 17.6 އިންސައްތަ އިތުރު އަދަދެއް ކަމުގައިވެސް އެ އޮތޯރިޓީން ބުނެއެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ ފެބުރުވަރީގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ ފެބުރުވަރީ ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، އިންކަމް ޓެކްސް، ގްރީން ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ.
މިގޮތުން، މިދިޔަ އަހަރުގެ ޖަނަވަރީ އާއި އަޅައިބަލާއިރު، މިއަހަރުގެ ޖަނަވަރީގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 43.1 އިންސައްތަ އިތުރުވެފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ.
މިއަހަރުގެ ފެބުރުވަރީގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 69.1 އިންސައްތަ ނުވަތަ 972.10 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 9.8 އިންސައްތަ ނުވަތަ 138.21 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 91.44 މިލިއަން ރުފިޔާ (%6.5)، އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި 51.99 މިލިއަން ރުފިޔާ (%3.7)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 44.85 މިލިއަން ރުފިޔާ (%3.2)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 107.98 މިލިއަން ރުފިޔާ (%7.7) ލިބިފައިވާ ކަމަށް މީރާއިން ބުނެއެވެ.
މިއަހަރުގެ ފެބުރުވަރީގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 63.09 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް ވެސް މީރާއިން މައުލޫމާތު ދެއެވެ.
.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)

