
F9DC2008-0280-4D5C-A483-5A5AC052D714
ގދ ނަޑެއްލާ ސްކޫލް ގޯތިތެރޭގައި ބެލެނެވެރިންނަށް ޚާއްސަ ހިޔާއެއް ތަރައްޤީކުރަން އެރަށު ކައުންސިލުން ނިންމައިފި އެވެ.
ނަޑެއްލާ ކައުންސިލުން މިއަދު ވަނީ ސްކޫލް ގޯތިތެރޭގައި ބެލެނެވެރިންގެ ހިޔާއެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން އެކައުންސިލުން ބުނީ އަމިއްލަތަކެތީގައާއި އެ އިދާރާއިން ޙަވާލުކުރާ ތަކެތީގައި ބެލެނިވެރިންގެ ހިޔާއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެފައިިވާކަމަށެވެ.
މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި މަޝްރޫޢާއިބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.
މި މަސައްކަތާއި ބެހޭ މައުލޫމާތު ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 6 މާޗު ވާ އާދީއްތަ ދުވަހުގެ 13:00 ގައެވެ. އަދި އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 9 މާޗު ވާ ބުދަ ދުވަހުގެ 13:00 ގައި އެކައުންސިލް އިދާރާގައެވެ.
މިއީ ނަޑެއްލާ ސްކޫލުގައި ފުރަތަމަ ފަހަރަށް ބެލެވެރިންގެ ހިޔާގެ ނަމުގައި ހާއްސަ ތަނެެއް ތަރައްގީ ކުރާ ފަހަރެވެ.
.jpeg?w=3840&q=75)




.jpeg?w=3840&q=75)




.jpeg?w=3840&q=75)

