
New-Project-7
ތިނަދޫން މިއަދު ނިޔާވި 3 މަހުގެ ތުއްތު ކުއްޖާ ނިޔާވީ ކޮވިޑް ބަލީގައި ނޫންކަމަށް ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ސާލިމް އަލީ ވިދާޅުވީ، މިއަދު ނިޔާވި ތުއްތު ކުއްޖާ ކޮވިޑް ބައްޔަށް ފައްސިވި ފަހުން މިއަދަށް 16 ދުވަސް ހަމަވެފައިވާވަތީ އެ ކުއްޖާއަކީ ކޮވިޑް ޕޭޝަންޓެއް ނޫންކަމަށް ނިންމާފައިވާ ކަމަށެވެ.
އެހެން ކަމުން އެ ކުއްޖާ ނިޔާވީ ކޮވިޑް ބަލީގައި ނޫންކަމަށް މިހާރު ކަނޑައަޅާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
އެކުއްޖާ ހާލު ދެރަވެގެން ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައެވެ.
















