








apARzwMDExT7NbgPmNPWxU3sW4xdGHj7EvZnvQKJ
ހުވަދު އަތޮޅުގެ ރައްޔިތުން ހުވަދު އަތޮޅުގެ ގުދުރަތީ ވަސީލަތްތަށް އެހެން ބަޔަކަށް ގުރުބާން ކުރާތަން ބަލަން ނުތިބޭނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެެ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވެއްޖެ އެވެ.
މުޅި މަޖިލީހުގެ ކޮމިޓީގައި ޓުއަރިޒަމް ބިލަށް ބަހުސް ކުރަމުން ސަނީފު ވިދާޅުވިގޮތުގައި ހުވަދޫ އަތޮޅަށް އަންނަ ފަތުރުވެރިން ސިދާ ހުވަދު އަތޮޮޅުގެ އެއާޕޯޓު ތަކުގައި ނުޖެއްސޭޭ ނަމަ ދެކުނުގެ ފަތުރުވެރިކަން ތަރައްގީ ނުވާނެކަމަށެވެ. އަދި ހުވަދު އަތޮޅުގެ ވަސީލަތްތަކުން އެހެން ބަޔަކަށް މަންފާއާއި ނަފާ ލިބޭތަން ހުވަދޫ ރައްޔިތުން މިފަހަރު ބަލަން ނުތިބޭނެ ކަމަށްވެެސް ސަނީފު ވަނީ ވިދާޅުވެފައެވެ.
އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރިޔަސް ފަތުރުވެރިކަން ތަރައްގީ ނުކުރެވޭނެ ކަމަށާއި ތަރައްގީ ކުރެވޭނީ ގުދުރަތީ ވަސީލަތްތަށް ހުރި ތަނެއްގައި ކަމަށް ސަނީފު ވިދާޅުވިއެވެ. އަދި ހުވަދު އަތޮޅުގައި ވަސީލަތްތަށް އެބަހުރި ކަމަށާއި ހުވަދު އަތޮޅަށް ބޭރުން އަންނަ ފްލައިޓްތަށް ޖެެއްސޭނެ ކޮންމެވެސް ގޮޮތެެއް ފަހި ކޮޮށްދީ ފަތުރުވެރިކަން ތަރައްގީ ކުރުމަށް ހުވަދު އަތޮޅަށް ފުރުސަތު ދެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން ސަނީފު ވަނީ އެދިފައެވެ.
ސަނީފު އިތުރަށް ފަހަގަކުރެއްވި ގޮތުގައި ހުވަދު އަތޮޅުގައި މިވަގުތު 12 ރަށް ފަތުރުވެރިކަމަށް އޮޕަރޭޝަންގައި އޮތް އިރު، އިތުރު 3 ރަށެއްގެ މަސައްކަތްވަނީ ނިމުމަކާއި ގާތުގައެވެ. މި އާއި އެކު ފަތުރުވެރިކަމަށް ހުވަދު އަތޮޅުގައި އޮތް ރަށްތަކަށް މިވަގުތުވެސް އިންޓަނޭޝަނަލް އެއާޕޯޓެއް ބޭނުންވާއިރު ފަތުރުވެރިކަމަށް އައްޑޫއާއި ލާމު އަތޮޅަށް ލިބުމަކީ ފަތުރުވެރިކަން ދެކޮޮޅު ޖެހޭ ގޮތަކަށް ތަރައްގީ ކުރެވޭނެެ ގޮތެއް ނޫންކަމަށެވެ.








