

.jpg?w=3840&q=75)






286156_3_82c761dff60e842c237e009d9b6f493f2f865c99_large
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ކޮވިޑް-19 އިން ސަލާމަތްވެއްޖެއެވެ.
އެކަމަނާ ކޮވިޑް-19 އަށް ފައްސިވުމުން ރައީސް ސޯލިހް ވެސް ކޮވިޑް-19 އަށް ޓެސްޓް ކުރެއްވިއެވެ. އެކަމަކު، އެމަނިކުފާނުގެ ނަތީޖާ ވަނީ ނައްސިވެފައެވެ. ފަޒްނާ ފައްސިވުމާ ގުޅިގެން އެކަމަނާ ހުރީ އެކަހެރިކޮށްފައެވެ. ފަޒްނާ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މި މަހުގެ މެދުތެރޭގައެވެ.
ކޮވިޑުން ފަސޭހަވެފައިވާކަން ފޭސްބުކް މެދުވެރިކޮށް ހާމަކުރައްވަމުން ފަޒްނާ ވަނީ ހެޔޮ ދުއާކޮށް ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.
ފަޒްނާ ކޮވިޑަށް ފައްސިވީ ރަސްމީ ދަތުރުފުޅެއްގައި، ގަތަރާއި ބަންގްލަދޭޝްއަށް ވަޑައިގަތްތާ ދުވަސްކޮޅެއް ފަހުންނެވެ.އެ ދަތުރުފުޅަށް ފަހު ހޯމް ކަރަންޓީން ފުރިހަމަކުރައްވައި ދެ ބޭފުޅުން ޓެސްޓް ކުރެއްވި އިރު ނަތީޖާ ވަނީ ކޮވިޑަށް ނައްސިވެފައެވެ.
ފަޒްނާ ކޮވިޑަށް ފައްސިވިއިރު އެކަމަނާ ވަނީ ކޮވިޑް ވެކްސިންގެ ދެޑޯޒް ޖައްސަވާފައެވެ. ނަމަވެސް ވެކްސިންގެ ދެވަނަ ޑޯޒް ޖެއްސެވިތާ އަދި ދެހަފްތާއެއް ނުވެއެވެ. ރައީސް ސޯލިހް ވެސް ވަނީ މިހާރު ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރައްވާފައެވެ.
ފަސްޓް ލޭޑީ ކޮވިޑަށް ފައްސިވި އިރު، އެކަމަނާގެ ކޮއްކޯފުޅު، ނަޒީހާ އަހުމަދާއި އޭނާގެ ފިރިކަލުން، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ ކޮވިޑަށް ފައްސިވިއެވެ. ހަމީދު ވެސް ކޮވިޑަށް ފައްސިވީ ވެކްސިންގެ ދެ ވަނަ ޑޯޒް ފުރިހަމަ ކުރެއްވި ފަހުންނެވެ.


.jpg?w=3840&q=75)

