

.jpg?w=3840&q=75)






286156_3_82c761dff60e842c237e009d9b6f493f2f865c99_large
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ނަމަވެސް ރައީސާއި ފަސްޓް ލޭޑީ ފަޒްނާގެ ދެބޭފުޅުންގެ ކޮވިޑް ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، ފަސްޓް ލޭޑީ ފަޒްނާގެ ހާލުކޮޅު ރަނގަޅެވެ. އެ ކަމަނާ މިހާރު ހުންނެވީ އާއިލާއާ އެކަހެރިވެވަޑައިގެންފައި ކަަމށް އެ އޮފީހުން ބުނެ އެވެ.
ފަސްޓް ލޭޑީ ފަޒްނާ ކޮވިޑަށް ޕޮޒިޓިވްވިއިރު، އެ ކަމަނާގެ ކޮއްކޯފުޅުގެ ފިރިކަލުން އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.


.jpg?w=3840&q=75)

