%20(1).jpg?w=3840&q=75)

.jpg?w=3840&q=75)



.jpeg?w=3840&q=75)


-
އިދިކޮޅު އެމްޑީޕީން ރައްޔިތުންނަށް އޮޅުވާލައިގެން އެކި ފަހަރު އެކި ވާހަކަތައް ދެއްކުމުގެ މައިގަނޑު ބޭނުމަކީ ވެރިކަން ހޯދުން ކަމަށާއި، ނަމަވެސް އެމްޑީޕީއަށް ދެން ވެރިކަން ލިބުނަސް ރައްޔިތުންނަށް ކޮށްދޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޝުޖާޢު ވަނީ، އެމްޑީޕީން ފަތުރަމުންދާ ދޮގު ވާހަކަތަކުގައި ނުޖެހުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.
ޝުޖާޢު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު އޭރު އޮތް އެމްޑީޕީ ސަރުކާރުން މާލީ ތަފާސްހިސާބުތައް ހާމަނުކުރާތާ ތިން މަސްދުވަސް ވެފައިވާ ކަމަށެވެ. އެކަން އެގޮތަށް ކުރީ ދައުލަތުން ކޮށްފައިވާ ވައްކަމާއި ޚިޔާނާތް ރައްޔިތުންނަށް ފަޅާއަރާނެތީ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި އެކަންކަން ހާމަވެދާނެތީ، ރައީސް މުޢިއްޒުގެ ވެރިކަމުގެ އެންމެ ކުރީކޮޅު އޭރު އެމްޑީޕީއަށް މަޖިލީހުގައި އޮތް މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފާ، ރައީސް މުޢިއްޒު ވެރިކަމުން ދުރުކުރުމަށް މަސައްކަތް ފެށި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
"ވަރަކަށް ކާލެވިފައި އޮތީމާތާ މިވަރުވާނީ،" މަޖިލީސްތެރެއިން ރައީސް އަޒުލުކުރަން ކުރި މަސައްކަތަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވިއެވެ.
މީގެއިތުރުން، އެމްޑީޕީން ރައްޔިތުންނަށް އޮޅުވާލުމަށް އެކި ފަހަރު އެކި ވާހަކަ ދައްކަމުންދަނީ ވެރިކަން ހޯދުމުގެ މަޤްޞަދުގައި ކަމަށް ވިދާޅުވެ ޝުޖާއު ފާހަގަކުރެއްވީ، "މި ބޭފުޅުންގެ ނޯންނާނެ ދިވެހިރައްޔިތުންނަށް ހެޔޮ އެދިގެން ކުރާނެ ކަމެއް. މިއީ ނަވާރަ ދިވެހީންގެ ލޭ ހޭކިފައިވާ ބައެއް،" ކަމަށެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން މެންބަރު ޝުޖާޢު ވަނީ، އެމްޑީޕީ ސަރުކާރުން އުފެއްދި ބޮޑެތި މައްސަލަތައް ޙައްލުކުުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވެދިނުމުގައި ރައްޔިތުން ދެމިތިބެންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށްވާތީ، ހުރިހާ ރައްޔިތުންވެސް ރައީސް މުޢިއްޒުގެ ވެރިކަމާއެކު ސާބިތުވެ ތިއްބެވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
%20(1).jpg?w=3840&q=75)

.jpg?w=3840&q=75)





